ސިޓީން ވިލާ އަތްދަށުވިއިރު، އާސެނަލަށް އެއް ވަނައިގައި ލީޑެއް ސިޓީން ވިލާ އަތްދަށުވިއިރު، އާސެނަލަށް އެއް ވަނައިގައި ލީޑެއް

ލަންޑަން (އޮކްޓޫބަރު 26) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަނގަޅު ފޯމެއްގައި އޮތް މެންޗެސްޓާ ސިޓީ އަތުން އެސްޓަން ވިލާ 1-0 އިން މޮޅުވިއިރު، ކްރިސްޓަލް ޕެލަސް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ލީގުގެ އެއް ވަނައިގައި ލީޑެއް ނަގައިފި އެވެ.
މި މޮޅާ އެކު، އާސެނަލް ލީގުގެ ނުވަ މެޗުން 22 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ނޮޓިންހަމް ފޮރެސްޓް އަތުން 2-0 އިން މޮޅުވެ، ނުވަ މެޗުން 18 ޕޮއިންޓް ހޯދި ބޯންމައުތު އެވެ. ތިން ވަަނައިގައި އޮތީ ނުވަ މެޗުން 17 ޕޮއިންޓް ހޯދާފައިވާ ސަންޑަލެންޑް އެވެ. ހަތަރެއްގައި އޮތް ސިޓީ އާއި ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ނުވަ މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ ނުވަ މެޗުން 15 ޕޮއިންޓް ލިބިފަ އެވެ. އަދި، ހަތް ވަނައިގައި އޮތް ވިލާ އަށް ވެސް ވަނީ ނުވަ މެޗުން 15 ޕޮއިންޓް ލިބިފަ އެވެ.
ވިލާ ދަނޑުގައި އެ ޓީމުން ސިޓީ ބަލިކުރި ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގައި ޖެހީ މެޓީ ކޭޝް އެވެ. މި ލަނޑުން ވިލާ އިން ސިޓީ ބަލިކުރިއިރު، އެ ޓީމު މި ވަނީ ނުވަ މެޗަށް ފަހު ބަލިވެފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު އާސެނަލުން ޕެލަސް ބަލިކުރިއިރު، މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ޖެހީ އެބްރެޗީ އެޒޭ އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތަކުން އެޒޭ މި ގޯލު ޖެހިިއިރު، މިއީ، ޕެލަސް ދޫކޮށް މި ފަހަރުގެ ޓްރާންސްފާގައި އާސެނަލާ ގުުޅުނު ފަހުން އެ ޓީމަށް ލީގުގައި އެޒޭ ޖަހައިދިން ފުރަތަމަ ގޯލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ