ސަގާފީ ކެއުމަށް އެންމެ ކަމުދާ މަންޒިލްގެ އެވޯޑް ރާއްޖެއަށް
ވޯލްޑް ކަލިނަރީ އެވޯޑްސްގައި، ސަގާފީ ކެއުމަށް އެންމެ ކަމުދާ މަންޒިލަކަށް ރާއްޖެ ހޮވިއްޖެއެވެ. ވިޒިޓް މޯލްޑިވްސްއިން ބުނީ، މި އެވޯޑު ރާއްޖެއަށް ލިބުނީ، ޖަރުމަނުވިލާތާއި ޕެރޫއާއި ސީޝެލްސްގެ އިތުރުން ސިންގަޕޫރާ ވާދަކޮށްގެން ކަމަށެވެ. މީގެ އިތުރަށް ސަރަހައްދީ ފެންވަރުގައި ރާއްޖެއަށް ލިބުނު އެވޯޑްތަކުގެ ތެރޭގައި: އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު ކެއުމުގެ މަންޒިލް އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު ކެއުމުގެ މަންޒިލް (ސިޓީ) - މާލޭ ސިޓީއަށް ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްއަށް އިންޑިއާ ކަނޑުގެ އެންމެ މޮޅު އިންސްޓިއުޓްގެ އެވޯޑް އިންޑިއާ ކަނޑުގެ އެންމެ މޮޅު ލޭންޑްމާކް ރެސްޓޯރަންޓަކުގެ އެވޯޑް ސިމްފޮނީ ރެސްޓޯރަންޓަށް އޭގެއިތުރަށް، ރާއްޖޭގެ އެންމެ މޮޅު ރެސްޓޯރަންޓު ކަމާއި މޯލްޑިވްސް ބެސްޓް ކަލިނަރީ އެކްސްޕީރިއަންސްގެ މަގާމު ވަނީ، އެޗްޓޫއޯ ރެސްޓޯރަންޓަށް ލިބިފައެވެ. މި އެވޯޑުތައް ރާއްޖެއަށް ލިބުމާ ގުޅިގެން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވީ، ރާއްޖޭގެ ޝެފުންނާއި ރެސްޓޯރަންޓު ހިންގާ ފަރާތްތަކާއި ދުނިޔެއަށް ދިވެހި ކާނާ ތައާރަފުކޮށްދިނުމުން ފަޚުރުވެރިވާ ކަމަށެވެ. ދުނިޔޭގެ ފެންވަރުގެ ރެސްޓޯރަންޓުތަކާ ހަމައަށް ރާއްޖޭގެ ކާބޯތަކެތީގެ ފަންނު ގެނެސްދެމުން އަންނަކަން ފާހަގަކުރައްވައި، ޝިއުރީ ވިދާޅުވީ، އެވޯޑުތައް ލިބުމުން ހާމަވަނީ ރާއްޖޭގެ ކާބޯތަކެއްޗާއި އާދަކާދަތަކާ އީޖާދީ ވިސްނުން އެއްކޮށްލުމުގެ ގާބިލުކަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ