ކޮޅުވެއްޓިން ގެއްލުނު އިތުރު އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ

ކ. އެރިޔަދޫ ކައިރިއަށް ބަންޑުން ޖަހާލި 'އަލްމާކް-ފިޔަ' ކިޔާ ކޮޅުވެއްޓިން ގެއްލުނު އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. 
ތަފްސީލް - އެމްއެންޑީއެފުން ބުނި ގޮތުގައި މަރުވެފައި އޮއްވާ ދެން ފެނުނީ ބިދޭސީއެކެވެ.
މިހާރު ނެފެނި ހޯދަމުން ދަނީ އިތުރު އެކަކެވެ. އެއީ ވެސް ބިދޭސީއެއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. 
މި ކޮޅުވެއްޓިން 7 މީހުން ދަތުރުކުރި އެވެ. އެއިން 4 މީހަކު އެމްއެންޑީއެފް އިން ވަނީ ސަލާމަތްކޮށްފަ އެވެ.
ގެއްލިގެން ހޯދަމުން ދިޔަ ދިވެއްސަކު ވެސް ވަނީ މަރުވެފައި އޮއްވާ ފެނިފަ އެވެ. 
މަރުވެފައި ވަނީ: 
އަހުމަދު ޝިފާން، 38، ސަރުސޫނުގެ/ ގއ. ދާންދޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ