ހަގީގަތެއް ނެތް ކަމަށް ބުނެ ފުވައްމުލަކު ފެނުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ކުއްލި މައްސަލަ ހުށަހަޅަން ޖެހޭނީ ހަގީގަތާ އެއްގޮތަށް ކަމަށް ވިދާޅުވެ، ފުވައްމުލަކުން ސާފު ފެން ނުލިބުމުގެ ސަބަބުން އެ ސިޓީގެ އާންމު ދިރިއުޅުމަށް ދަތިވާތީ ކަމަށް ވިދާޅުވެ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ފޮނުވާލައިފިއެވެ.ފުވައްމުލަކަށް ސާފު ފެން ނުލިބުމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިިރިއުޅުމަށް ދަތިވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް އެވެ.މެންބަރު ހުށަހެޅުއްވި މައްސަލާގައި، މި މަހުގެ 10 ވަނަ ދުވަހުން ފެށިގެެން ފުވައްމުލަކުން އެއްކޮށް ފެނުގެ ހިދުމަތް ކެނޑިފައިވާތީ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ދަތިވެފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.ފުވައްމުލަކު ފެނުގެ ނިޒާމުގައި މައްސަލަ ޖެހެން ފެށީ ލޮނުފެން، ސާފު ފެނަށް ބަދަލުކުރަން ބޭނުންކުރާ ސިސްޓަމުގެ ބައިތަކަކަށް ގެއްލުންވުމާއި ފެނުގެ ނެޓްވޯކުގެ އެހެން ބައިތަކަށް ވެސް އެކި ވަރުގެ ގެއްލުންވުމާއި ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.ފެނުގައި ހުންނަ ބެކްޓީރިއާ ނައްތާލާ ބައެއް ކެމިކަލް ރަށުގައި ނެތިގެން ފުވައްމުލަކުގެ ފެން ތަޣައްޔަރު ވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އެ ޝަކުވާތަކާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު މި ފަހުން އެ ރަށަށް ކުރެއްވި ދަތުރުގެ ތެރެއިން ވެސް ކައުންސިލުން ވަނީ މިކަމުގެ ޝަކުވާ ކޮށްފަ އެވެ.ފުވައްމުލަކަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދެނީ ފެނަކައިންނެވެ.ފެނަކައިން ބުނާ ގޮތުގައި، ފެން ތަގައްޔަރުވީ ބައެއް ކަސްޓަމަރުން ކްރޮސް ކަނެކްޝަން ހަދާފައިވާތީ އެވެ. ނަމަވެސް ރަށުގެ ގިނަ ބަޔަކު އެކަމާ އެއްބަހެއް ނުވެ އެވެ. އެ މީހުން ބުނާ ގޮތުގައި، ހަގީގީ މައްސަލައަކީ ފެނުގެ ޕްރޮޑަކްޝަނުގެ މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ