ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއަށް ފާއިތުވި އަހަރު ތެރޭ މުސާރަ އާއި ކުލީގެ ގޮތުގައި 2 މިލިއަން ރުފިޔާ ލިބުނު ކަމަށް މާލީ ބަޔާނުގައި ބުނެފި އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް މިއަދު ވަނީ މަޖިލީހުގެ ވެބްސައިޓުގައި އާންމުކުރަން ފަށައިފަ އެވެ.
ތަފްސީލް - ޝުޖާއުގެ މާލީ ބަޔާނުގައިވާ ގޮތުން، ފާއިތުވި އަހަރު ތެރޭ އޭނާއަށް މުސާރައިގެ ގޮތުގައި 1.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ކުލީގެ ގޮތުގައި 210،000ރ. ލިބިފައިވާ ކަމަށް ވެސް މާލީ ބަޔާނުގައިވެ އެވެ.
ޝުޖާއުގެ ނަން މަތީ ހުޅުމާލޭގެ ބިމަކާއި ރޯހައުސްއެއް އަދި ފްލެޓެއް އެބަހުރި
ރޯހައުސް ދިނީ 2015 ވަނަ އަހަރު އޭނާ ވަޒީފާ އަދާކުރި ކުންފުނިން
މީގެ އިތުރުން ބާރަށުގައި ވެސް އޭނާގެ ގެއެއް ހުރޭ
ބިމާއި ދެ ގޯތި ގަތީ ލޯނުގެ ގޮތުގައި ލިބުނު ފައިސާ އިން
ހުޅުމާލޭގައި ހުންނަ ގޯތި، ޑޭޒީ ހޯމްގެ އަގަކީ 9 މިލިއަން ރުފިޔާ
ޝުޖާއުގެ ނަންމަތީ ހުރި ހަ ބޭންކު އެކައުންޓުގައި ޖުމްލަ 80،235.28ރ. އާއި 700.87 ޑޮލަރު ހުރި ކަމަށް އޭނާގެ މާލީ ބަޔާނުގައިވެ އެވެ.
ޝުޖާއުގެ %50 ހިއްސާ އޮފިޝަލް އިވެންޓްސްގައި އަދި %40 ހިއްސާ ސްވޯން ފެމެލީ ކިޔާ ކުންފުންޏެއްގައި އޮވެ އެވެ.
އޭނާގެ އަތުގައި ނަގުދު ފައިސާގެ ގޮތުގައި 3،200 ޑޮލަރާއި 13،100 ސްރީލަންކަން ރުފީސް އަދި 150 ޔޫއޭއީ ދިރުހަމްގެ އިތުރުން 5،780ރ. ހުރި ކަމަށް ވެސް މާލީ ބަޔާނުގައިވެ އެވެ.
ޝުޖާއުގެ ނަން މަތީ ބީއެމްއެލް އިން ނަގާފައިވާ ދެ ލޯނާއި ބޭންކު އޮފް ސިލޯނުން ނަގާފައިވާ ލޯނެއް އެބައޮތް؛ އެއީ ޖުމްލަ 4.4 މިލިއަން ރުފިޔާ
އޭނާގެ ކުންފުނި، އޮފިޝަލް އިވެންޓްސްގެ ނަމުގައި ވެސް ބީއެމްއެލް އިން ނަގާފައިވާ 5 މިލިއަން ރުފިޔާގެ ލޯނެއް އެބައޮތް
ބޭންކު އޮފް ސިލޯން އިން ދޫކޮށްފައިވާ 100،000 ސްރީލަންކަން ރުފީސްގެ ކްރެޑިޓު ކާޑަށް 78،731 ރުފީސް ނުދައްކާ އެބައޮތް
ޝުޖާއުއަށް އަހަރެއްގެ ތެރޭ މުސާރަ އާއި ކުލީގެ ގޮތުގައި 2 މިލިއަން ރުފިޔާ؛ ދަރަނި 4 މިލިއަންގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ