ހުޅުމާލެ ވެމްކޯ ސައިޓު ކުރިމަތީ "ދަވާދު ލެވިއްޖެ"

މިއަދު ރޭގަނޑުގެ ވަގުތެއްގައި ހުޅުމާލޭ ވެމްކޯ ސައިޓު ކުރިމަތިން ގިނަ އަދަދެއްގެ ދަވާދު ފުޅިތަކެއް މަގުމައްޗަށް ބަންޑުންވެ، އެ ސަރަހައްދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަންދުކޮށްފިއެވެ. މި ހާދިސާގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ދައުރުވަމުން އަންނައިރު، މިކަމުގެ ސަބަބުން ގިނަ ބަޔަކު ސުވާލު އުފައްދަމުންދެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކުން ފެންނަ ގޮތުގައި، ވެމްކޯ ސައިޓު ކުރިމަތީގެ މަގުގައި ހުދު ކުލައިގެ ދަވާދުތަކުން ފުރިފައެވެ. މި ހާދިސާގެ ޚަބަރު ލިބުމާއެކު، ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް، ހާދިސާ ހިނގި މުޅި ސަރަހައްދު ބަންދުކޮށް، އެތަނަށް އެއްވެފައިވާ އާންމުން ދުރުކޮށްފައެވެ. މިފަދަ ހާދިސާއެއް މީގެކުރިންވެސް މާލެއިން ހިނގާފައިވެއެވެ. މީގެ މަސްދުވަސްކުރިން މާލޭ ވެލާނާގޭ ކަންމައްޗަށްވެސް ކުލަ ފުޅިތަކެއް ވެއްޓި، މަގުމަތީގައި ކުލައިގެ ފަށަލައެއް ހެދިފައިވާ މަންޒަރު ފެނިފައިވެއެވެ. އެ ހާދިސާ ހިނގި ސަބަބު އަދި ފަހަތުގައި ތިބި ފަރާތްތަކާމެދުވެސް އާންމުންނަށް މާބޮޑު މައުލޫމާތެއް ލިބިފައެއް ނުވެއެވެ. މިފަހަރުގެ ހާދިސާވެސް ހިންގާފައިވަނީ ކޮން ސަބަބަކާ ހެދިކަމެއް އަދި އެނގިފައެއް ނުވެއެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ކަމާބެހޭ ފަރާތްތަކުން ހާމަކުރާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ