މޯލްޑިވިއަން އިން ޓޫރިސްޓުންނަށް އެފްއައިޓީ ފެއާގެ އަގު ހެޔޮކޮށްފި

ފްރީ އިންޑިޕެންޑެންޓް ޓްރެވެލާ (އެފްއައިޓީ) ގެ ގޮތުގައި ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭން ގައުމީ އެއާލައިން -- މޯލްޑިވިއަން އިން ނިންމައިފި އެވެ.މޯލްޑިވިއަނުން ނެރުނު ބަޔާނެއްގަައި ބުނީ އެފްއައިޓީގެ ގޮތުގައި އަންނަ ޓޫރިސްޓުންނަށް ޑިސްކައުންޓެއް ދޭން ނިންމީ ރާއްޖޭގެ އެތެރޭގައި ކުރާ ދަތުރުތަކަކީ އެފަދަ ޓޫރިސްޓުންނަށް އަތްފޯރާ އަގެއްގައި ކުރާ ދަތުރުތަކަކަށް ހެދުމުގެ ގޮތުން ކަމަށެވެ. އެ އެއާލައިނުން ބުނީ މިކަމުގެ ސަބަބުން ޓޫރިޒަމަށް އިތުރު ކުރިއެރުމެއް ގެނެސް ރައްޔިތުންނަށް ލިބޭ އިގުތިސާދީ ނަފާ އިތުރުވާނެ ކަމަށެވެ."މިއީ ލޯކަލް ޓޫރިޒަމަށް އެހީތެރިވުމަށް ތައްޔާރަށް ތިބުމާ އެކު އަޅުގަނޑުމެންގެ ފަސިންޖަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ނިންމި ނިންމުމެއް،" މޯލްޑިވިއަން އިން ބުނެ އެވެ.ޓުއާ އޮޕަރޭޓަރަކު މެދުވެރިނުކޮށް ދަތުރުކުރާ ޓޫރިސްޓުންނަށް ތައާރަފުކުރި މި ހާއްސަ ފެއާގައި މިއަދުން ފެށިގެން ޓިކެޓް ގަނެވޭއިރު ދަތުރު ކުރެވޭނީ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.މިއީ ލޯކަލް ޓޫރިޒަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށްވެސް މޯލްޑިވިއަން އިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ