އަންހެނުންގެ ދުޅަހެޔޮކަމާ ގުޅޭ ދިރާސާތައްކޮށް، ފަރުވާ ލަސްނުކުރުމަށް ސާޖިދާގެ އިލްތިމާސެއް

އަންހެނުންގެ ދުޅަހެޔޮކަމާ ގުޅުން ހުރި ކަންކަމުގައި ދިރާސާ ކުރުމަށާއި ލަސްނުކޮށް ފަރުވާ ދޭން އިސްކަން ދިނުމަށް ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މިއަދު އިލްތިމާސްކުރައްވައިފިއެވެ. ފަސްޓް ލޭޑީ އެފަދައިން އިލްތިމާސްކުރެއްވީ، ސޮސައިޓީ އޮފް އޮބްސްޓެޓްރީޝަންސް އެންޑް ގައިނަކޮލޮޖިސްޓްސް އޮފް މޯލްޑިވްސްގެ ފަރާތުން ބޭއްވި ސިލްސިލާ މަސައްކަތު ބައްދަލުވުމުގެ ތިންވަނަ އެޕިސޯޑު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ސާޖިދާ ވިދާޅުވީ، އެންޑޯމެޓްރިއޯސިސްއަށް ފަރުވާދިނުމުގައި ހުރި ފުރުޞަތުތަކާއި ބަލި ދެނެގަތުމުގެ އުކުޅުތަކާއި އެންމެ ފަހުގެ ދިރާސާތަކާމެދު ހޭލުންތެރިވުމަކީ ފަންނީ ބޭފުޅުންގެ މައްޗަށް އޮތް އިޚުތިޔާރެއް ނޫން ކަމަށެވެ. އެކަމަނާ ވިދާޅުވި ގޮތުގައި، އެކަމަކީ ފަންނީ ބޭފުޅުން ކުރަން ޖެހޭ ކަމެކެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ [މ] ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ ރައީސް އޮފީސް އެންޑޯމެޓްރިއޯސިސްއަކީ އަންހެނުން ތަހަންމަލްކުރާ ބައްޔެކެވެ. މި ބަލީގެ ސަބަބުން ބަނޑުގައި ރިއްސުމާއި ދަރިމައިވުމުގައި ގޮންޖެހުންތައް ކުރިމަތިވެއެވެ. މި ބަލީގައި ދިމާވާ އެންމެ ނުރައްކާތެރި ކަމަކީ ރަހިމުގައި ހުންނަ ޓިޝޫ ރަހިމުން ބޭރުގައި އުފެދުމެވެ. މި ބައްޔަށް ދާއިމީ ޝިފާއެއް ނުވާއިރު، ބަލީގެ އުނދަގޫތަކުން ސަލާމަތްވުމަށް އޮޕަރޭޝަންތަކެއް ކުރަންޖެހޭ ފަހަރު ދިމާވެއެވެ. އެބަލީގެ ސަބަބުން ކުރިމަތިވާ ޖިސްމާނީ އަދި ނަފްސާނީ އުނދަގޫތަކަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވަނީ، ދުރާލައި ބަލި ދެނެގަނެވުމާއި އޯގާތެރިކަމާއެކު ފަރުވާދިނުމުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އޭގެއިތުރަށް، އެންޑޯމެޓްރިއޯސިސްއާއި ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމަށް ދޭ ފަރުވާ އާސަންދައިގައި ހިމެނުމަކީ ހަމަހަމަ ގޮތެއްގައި ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސާޖިދާ ސިފަކުރައްވާފައިވެއެވެ. ފަސްޓް ލޭޑީ ސާޖިދާ ބައިވެރިވެވަޑައިގަތް ރަސްމިއްޔާތުގެ ތެރެއިން: އެކަމަނާ ވަނީ އެންމެޓްރިއޯސިސް ބައްޔާ ގުޅުވައި ވާހަކަދައްކަވާފައި --- ފޮޓޯ/ ރައީސް އޮފީސް އެކަމަނާ ވަނީ، މި މަސައްކަތު ބައްދަލުވުމުން ލިބުނު ފިލާވަޅުތަކުގެ އަލީގައި ގައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި، މައްސަރުކަންތަކާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުމަށް މަސައްކަތްތަކެއް ކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައްވާފައެވެ. އަންހެނުންގެ ދުޅަހެޔޮކަމާ ގުޅުންހުރި ކަންކަމުގައި ދިރާސާ ކުރުމާއި، ލަސްނުކޮށް ފަރުވާދިނުމަށް އިސްކަންދެއްވުމަށް ސާޖިދާ ވަނީ ގޮވާލައްވާފައެވެ. ހަމައެހެންމެ، ފަސްޓް ލޭޑީގެ ވާހަކަފުޅު ނިންމަވާލެއްވީ، އެންޑޯމެޓްރިއޯސިސްއާ ގުޅޭގޮތުން ދައްކަން ޖެހޭ ވާހަކަތައް ދެއްކުމަށާއި އަންހެނުންގެ ސިއްޙަތާއި ދުޅަހެޔޮކަމަށް އަޑުއުފުލުމުގައި ސާބިތުވެ ތިބުމަށް ކަމާގުޅޭ ހުރިހާ ފަރާތްތަކަށް ގޮވާލައްވަމުންނެވެ. https://sun.mv/208071 އެންޑޯމެޓްރިއޯސިސްއާ ގުޅުވައި ފަސްޓް ލޭޑީ ވާހަކަދެއްކެވިއިރު، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިދިޔަ ޖޫން މަހުގެ ނިޔަލަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން އެންޑޯމެޓްރިއޯސިސްގެ ފަރުވާއަށް މިލިއަނެއް ޚަރަދުކޮށްފައިވާކަމަށް އެ އެޖެންސީގެ ސީއީއޯ ހީނާ ވަލީދު ކުރިން ވަނީ ވިދާޅުވެފައެެވެ. އާސަންދައިގެ ދަށުން އައިވީއެފް އާއި ޕީސީއޯއެސް އަދި އެންޑޯމެޓްރިއޯސިސްގެ ފަރުވާ ފޯރުކޮށްދޭން ފެށީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެތެރޭގައެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ