ރައީސް ދެއްވީ ރާއްޖެ-ޗައިނާ ގުޅުން އިތުރަށް ބަދަހިކުރުމުގެ ޔަގީންކަން

ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް ޗައިނާއަށް ވަޑައިގަތީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން(އެސްސީއޯ) ސަމިޓުގައި ބައިވެރިވުމަށެވެ.
މިއީ ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދެ ވަނަ ދަތުރުފުޅެވެ. އަދި އެ ދަތުރުފުޅު ނިންމަވާލެއްވުމަށް އެމަނިކުފާނު ވަނީ މިއަދު މާލެ ވަޑައިގެންފަ އެވެ.
ތަފްސީލު - އެ ދަތުރުފުޅުގައި ރައީސް ވަނީ ޗައިނާގެ ރައީސް ޝީއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ އެކު ކުރިއަށް ވަޑައިގަންނަވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
އެ ދަތުރުގައި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ 11 އެމްއޯޔޫއެއްގައި ރާއްޖެ އާއި ޗައިނާއާ ދެމެދު ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި އިގްތިސާދީ، އުމްރާނީ ތަރައްގީ އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ހިމެނެ އެވެ.
އޭގެ އިތުރުން އެ ދަތުރުފުޅުގައި ރައީސް:
އެސްސީއޯ ސަމިޓުގައި ބައިވެރިވެވަޑައިގަތް؛ އެހެން ގައުމުތަކުގެ އިސް ވެރިންނާއި މަންދޫބުންނާ އެކު މަތީ ފެންވަރުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތް
ސަމިޓުގެ ހަވާސާގައި ބައެއް ބައިލެޓްރަލް ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގަތް
އެ ބައްދަލުވުންތަކުގައި އެހެން ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވައި، ހާރިޖީ ގުޅުންތައް ހަރުދަނާ ކުރުމަށާއި ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރެއްވި
ދެ ވަނަ ބޮޑު ހަނގުރާމައިގައި ޗައިނާއަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ