ކުރީގެ މަޖިލިސް މެންބަރުންގެ ސިއްހީ އިންޝުއަރެންސަށް 18.9 މިލިއަން ރުފިޔާ ޚަރަދުކުރި
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންގެ ސިއްހީ އިންޝުއަރެންސްގެ ގޮތުގައި ވޭތުވެ ދިޔަ 10 ވަރަކަށް އަހަރު 18.9 މިލިއަން ރުފިޔާ ދައުލަތުން ޚަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ. ޖުބްރާން ޝަރީފް ނަމަކަށް ކިޔާ މީހަކު މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދި މައުލޫމާތުން އެނގޭ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން މެއި މަހުގެ ނިޔަލަށް މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް 18،907،000 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. ކުރީގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސްގެ ގޮތުގައި ދެނީ މަހަކު 24،000 ރުފިޔާއެވެ. https://x.com/jubraanshareef/status/1963265107984859544 މެންބަރުންގެ ހެލްތު އިންޝުއަރެންސްގެ ގޮތުގައި 10 އަހަރުތެރޭ ޚަރަދުވި ތަފްސީލް: 2014: 562،500ރ 2015: 562،500ރ 2016: 565،000ރ 2017: 1،056،000ރ 2018: 1،056،000ރ 2019: 2،328،000ރ 2020: 2،328،000ރ 2021: 2،280،000ރ 2022: 2،280،000ރ 2023އިން 2024ގެ މެއި މަހުގެ ނިޔަލަށް: 2،280،000ރ 2014ގެ މެއި މަހުން 2025ގެ މެއި މަހަށް: 3،624،000ރ މެންބަރުންގެ ހެލްތު އިންޝުއަރެންސްގެ ޓްރެންޑަށް ބަލާއިރު އަހަރުން އަހަރަށް އެ ޚަރަދު ދަނީ ބޮޑުވަމުންނެވެ. ސަބަބަކީ ކުރިއަށް ވުރެ އެއް ދައުރުން އަނެއް ދައުރަށް މެންބަރުން އިތުރުވުމެވެ. މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައި ވެސް 93 މެންބަރުން ތިއްބަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ