ރިސޯޓުގައި ކުއްލި ގޮތަކަށް މަރުވި ޒުވާނާ އޮޓްޕްސީއަށްފަހު ރާއްޖެ ގެނެސް ފަތިހު ވަޅުލަނީ
ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި, ކުއްލި ގޮތަކަށް މަރުވި 21 އަހަރުގެ ދިވެހި ޒުވާނާގެ އޮޓްޕްސީ ހެދުމަށްފަހު ފަތިހު ރާއްޖެ ގެނެސް ވަޅުލަން ހަމަޖެހިއްޖެއެވެ. އެ ޒުވާނާ މަރުވިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިދިޔަ މަހުގެ 23ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. އެ ޒުވާނާގެ ވަނަވަރެއް ވެސް, އަދި އެކަން ހިނގި ރިސޯޓްގެ އެއްވެސް ތަފްސީލެއް ވެސް ފުލުހުން އަދި ނުދެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެއީ ކ. ގުރައިދޫއަށް ނިސްބަތްވާ އަދީލް އަހްމަދު، ކިޔާ ޒުވާނެކެވެ. އެ ޒުވާނާގެ އޮޓޮޕްސީ ހަދަން ނިންމި ކަމަށް މިދިޔަ މަހުގެ 30ވަނަ ދުވަހު ފުލުހުން ބުންޏެވެ. އެއާއެކު މިއަދު ފުލުހުން ބުނީ، އޮޓޮޕްސީ ހަދަން މިދިޔަ އަންގާރަ ދުވަހު ޒުވާނާގެ ހަށިގަނޑު އިންޑިއާއަށް ގެންދިޔަ ކަމަށެވެ. އަދި އެކަން ނިމުމާއެކު މިރޭ ފަތިހު އެ ޒުވާނާގެ ހަށިގަނޑު ރާއްޖެ ގެންނާނެ ކަމަށެވެ. ކަށުނަމާދު ޕޭޖުގައިވާ ގޮތުން އޭނާ ވަޅުލާނީ މިރޭ ފަތިހު، މާލޭ އާސަހަރާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ