ރޯމް (އޮކްޓޫބަރު 19) - އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީން ރޭ ކުޅުނު މެޗުން 1-0 އިން ޓޮރިނޯ އަތުން ބަލިވުމުގެ ފައިދާ ރޯމާ އަތުން 1-0 އިން މޮޅުވެ އިންޓަ މިލާނުން ނަގައި، ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގައި ޖެހިޖެހިގެން ހަތަރު މޮޅު ހޯދި އިންޓަ އިން އެއް ވަނަ އަށް އެރީ ހަތް މެޗުން 15 ޕޮއިންޓް ހޯދައި، ލަނޑުގެ ތަފާތުންނެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އާއި ތިން ވަނައިގައި އޮތް ރޯމާ އަށް ވެސް ލިބިފައި އޮތީ 15 ޕޮއިންޓެވެ. ލީގުގައި މިރޭ އޭސީ މިލާނުން ފިއޮރެންޓީނާ ބަލިކޮށްފިނަމަ އެއް ވަނަ އަށް ޖެހިލެވޭނެ އެވެ.
އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެފައި އޮތް ނަޕޯލީން ރޭ ކުޅެން ޖެހުނީ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ނުލަ އެވެ. މެޗުގެ 32 ވަނަ މިނިޓްގައި، ޓޮރިނޯ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ކުރިން ނަޕޯލީ އަށް ކުޅުނު ފޯވާޑް ޖިއޮވާނީ ސިިމިއޯނީ އެވެ.
މި މެޗުގައި ނަޕޯލީން ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ނަސީބު އަތުގައި ހިފާގޮތެއްނުވި އެވެ. މެޗުގެ އިތުރު ވަގުުތުގައި ނަޕޯލީގެ ނޯއަ ލަން ޖެހި ލަނޑު ވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ކެންސަލްކުރީ އެވެ.
ރޯމާ ދަނޑުގައި އިންޓަ އިން ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ މެޗު ފެށިގެން މާ ލަސްތަކެއް ނުވެ އެވެ. އެ ގޮތުން، މި މެޗުގެ ހަ ވަނަ މިނިޓްގައި އިންޓަގެ އަންގެ-ޔޯއާްން ބޮނީ މި ލަނޑު ޖެހީ ރޯމާގެ ޑިފެންޑަރުންގެ އޮފްސައިޑް މަޅިން ސަލާމަތްވުމަށް ފަހު އެވެ.
ނަތީޖާ ހަމަހަމަކުރަން ރޯމާގެ ބްރަޔަން ކްރިސްޓަންޓޭ އާއި އާޓެމް ޑޮވްބީކް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނުއިރު، އިންޓަ އަށް ލަނޑު ޖަހައިދޭން ހެންރިކް މިކިތާރްޔަން އަށް ލިބުނު ބޯޅައިގައި ރަނގަޅަށް ނިންމަައިނުލެވުނެވެ.
ޓޮރިނޯ އަތުން ނަޕޯލީ ބަލިވުމުގެ ފައިދާ ރޯމާ ބަލިކުރި އިންޓަ އަށް ޓޮރިނޯ އަތުން ނަޕޯލީ ބަލިވުމުގެ ފައިދާ ރޯމާ ބަލިކުރި އިންޓަ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ