އަޅުގަނޑު ފެނުމާއިއެކު ބައިވެރިޔާ ހުންނަނީ ހިނިތުންވެގެންނެވެ. ކުޑަކޮށެއްވެސް ނޫނެވެ. ކޮލުގެ ހުރިހާ ދަތްތައްވެސް ފެންނަ ވަރަށެވެ. އެކަމަކު ބައިވެރިޔާ އަޅުގަނޑަށް ތެދުވެރި ނޫންކަން މިހާރުވަނީ ފަޅާއަރައިފައެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައިބައިވެރިޔާ އަޅުގަނޑަށް ތެދުވެރިނުވާނީ އަޅުގަނޑު ދެކެ ލޯބިނުވާތީއެވެ. އަޅުގަނޑުގެ ސުވާލަކީ ބައިވެރިޔާއަށް އަޅުގަނޑު ފެނުމުން އެވަނީ ޙަޤީޤީ ހިނިތުންވުމެއްކަން ނުވަތަ މަކަރުވެރި ހިނިތުންވުމެއްކަން ދެނެގަނެވޭނެ ގޮތެއް އޮވޭތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! އަދި ގުޅުންހުރި ލިޔުންވެސް ވިދާޅުވެލައްވާށެވެ. އެއިރުން ތިއަކަމަށް އެހީތެރިކަން ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
މީހަކު ހީނލާތަން ފެނިއްޖެނަމަ އެއީ ހަޤީޤީ ހިނިތުންވުމެއްކަމަށް އެހައިފަސޭހައިން ނުނިންމާށެވެ. އޭނާގެ މޫނުގެ ރީތިކަމަށް ބަލައިގެން ނިންމާނަމަ އެހެދެނީ އަދި މާބޮޑު ގޯހެކެވެ.
ތިބާ ފެނުމުން މީހަކު ހިތުންވެދާނެއެވެ. ހިނިތުންވެއްޖެނަމަ އެއީ ޙަޤީޤަތެއްކަން ނުވަތަ ނޫންކަން ދެނެގަތުމަކީ މިހާރު ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. "ފޭކް" ހިނިތުންވުންތައް ގިނަކަމުންނެވެ. ދަލުގައި ނުވަތަ މަޅީގައި ޖައްސުވަން ހިނިތުންވާ މީހުން ގިނަކަމުންނެވެ.
މުނާފިޤުންނާއި މަކަރުވެރިން ގިނަވި ވަރަކަށް މިފަދަ ކަންކަން ދާނީ އިތުރުވަމުންނެވެ. ވީމާ ސަލާމަތްކަން ހޯދަން ކުރެވެން އޮތް ހަމައެކަނި ކަމަކީ ޢިލްމުވެރިވެ ހޭލުންތެރިވުމެވެ. މަކަރުވެރި ޢަމަލުތައް ނުވަތަ އުކުޅުތައް ދަސްކުރަން މަސައްކަތްކުރުމެވެ.
ހަމައެކަނި ހޭނ އަނގައަށް ބަލައިގެން އެއީ ޙަޤީޤީ ހިނިތުންވުމެއް ކަމެއް ނުއެނގޭނެވެ. އެއީ ޙަޤީޤީ ހިނިތުންވުމެއް ކަމަށްވާނަމަ ބޮޑަށް އެނގޭނީ ލޮލުންނާއި ލޮލާއި ގުޅިފައިވާ ޙަރަކާތްތަކުންނެވެ. ހިނިތުންވުމުގެ ޙަޤީޤަތް ލޯ ބުނެދޭނެއެވެ. އެކަމަށް ލޯ އިޝާރާތްކުރާނެއެވެ. ދެމަފިރިންގެ ޒަވާޖީ ހަޔާތް ދެމެހެއްޓުމަށްޓަކައިވެސް މިއަދު ޙަޤީޤީ ހިނިތުންވުމާއި ފޭކް ހިނިތުންވުންތައް ދެނެގަތުން މިވަނީ ވަރަށް މުހިންމު ކަމަކަށް ވެފައެވެ. ލޯބިނުވާޙާލު ލޯބިވާކަމަސް ބުނާ މީހުން ގިނަވާފަދައިން ހިތް ނުރުހުނަސް ހިނިތުންވާ މީހުން ގިނަވާތީއެވެ.
ގުޅުންހުރި ލިޔުމެއް:
https://www.nbcnews.com/healthmain/how-spot-fake-smile-its-all-eyes-1c9386917
"ފޭކް" ހިނިތުންވުން ދެނެގަންނަން ފަސޭހަ ގޮތެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ