ރާއްޖޭގައި ކުޅޭ ފުޓްސަލްގެ އެންމެ ބޮޑު އެއް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސްގެ ސެމީ ފައިނަލް މެޗުތައް އައިސް ޓީވީން ވަގުތުން ބެލޭނެ ކަމަށް މީޑިއާނެޓުން ބުނެފި އެވެ.
ސެމީގެ ފުރަތަމަ މެޗުގައި މާދަމާ ރޭ 20:30 ގައި ވާދަކުރާނީ އާރްއާރްސީ އާއި މޯލްޑިވިއަން އެވެ. ސެމީގެ ދެވަނަ މެޗުގައި މާދަމާ ރޭ 22:30 ގައި އެސްޓިއޯ އިން ވާދަކުރާނީ އެމްޕީއެލްއާ ދެކޮޅަށެވެ.
މޯލްޑިވިއަން ސެމީއަށް ދަތުރުކުރީ 3-2 އިން ސްޓެލްކޯ ބަލިކުރުމަށްފަހު ކަމަށްވާއިރު، އާރްސީސީ ސެމީއަށް ދަތުރުކުރީ 3-2 އިން އެމްއޭސީއެލް ބަލިކޮށްފަ އެވެ. އެމްޓީސީސީ 3-2 ގެ އިން ބަލިކޮށް އެސްޓީއޯއިން ސެމީގެ ޖާގަ ހޯދިއިރު، އެމްޕީއެލްއިން ސެމީގެ ޖާގަ ހޯދީ 6-0 އިން ފެނަކަ ބަލިކޮށްގެންނެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ. އެ މެޗު ވެސް އައިސް ޓީވީން ވަގުތުން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
ކްލަބް މޯލްޑިވްސްގައި މާދަމާ ކުޅޭ ސެމީގެ މެޗުތައް އައިސް ޓީވީން ބެލޭނެ ކްލަބް މޯލްޑިވްސްގައި މާދަމާ ކުޅޭ ސެމީގެ މެޗުތައް އައިސް ޓީވީން ބެލޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ