ޓީޖެޓީގައި އޮތް ދޯންޏެއް އަޑިއަށްދާތީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޓީޖެޓީގައި އޮތް ދޯންޏެއް އަޑިއަށްދާ ކަމުގެ މައުލޫމާތު މިރޭ 19:31 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން "ކުރިމަގު" ނަމަކަށް ކިޔާ އެ ދޯނި އަޑިއަށް ގޮސްފައިވަނީ މުދާ ބަރުކޮށްގެން ވ. އަތޮޅަށް ދިއުމަށް ޓީޖެޓީން ނުކުތް ވަގުތު ދިޔަވާން ފެށުމުން، އަނބުރާ ބަނދަރަށް ވަތް ފަހުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ދޯނި ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފްއާއި އެމްޕީއެލް އަދި ދޯނީގެ ވެރިފަރާތް ގުޅިގެން ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ބަލަމުންނެވެ.
ޓީޖެޓީގައި އޮތް ދޯންޏެއް އަޑިއަށްދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ