މިރޭ ރާއްޖޭ ގަޑިން 10:00ގައި އޮންނަ ވޯލްޑް ކަޕްގެ ގަދަ 32ގެ މެޗުގައި ބްރެޒިލްއާ ދެކޮޅަށް ކުޅޭ އިރު ފަސް ފަހަރުގެ ޗެމްޕިއަނުންގެ މައްޗަށް ކުރި ހޯދަން ޖަޕާނަށް އޮތީ އެންމެ %19.7ގެ ފުރުސަތެއް ކަމަށް، އޮޕްޓާގެ ލަފާކުރުންތަކުން ދައްކައިފި އެވެ.
ޖަޕާނަކީ ވޯލްޑް ކަޕްގެ ނޮކްއައުޓް ފުރަތަމަ ބުރުގައި އޭޝިއާ ތަމްސީލުކުރާ އެންމެ ދެ ގައުމުގެ ތެރެއިން އެއް ގައުމެވެ. ދެން ގަދ ަ32އަށް ދިޔައީ އޮސްޓްރޭލިޔާ އެވެ.
އޭޝިއާއިން ޖުމްލަ ނުވަ ގައުމުން ގްރޫޕް ސްޓޭޖްގައި ވާދަކޮށް އެންމެ ދެ ގައުމު ނޮކްއައުޓް ބުރަށް ކޮލިފައިވުމަކީ، އެއްގޮތުން އޭޝިއާއަށް އޮތް ލަދެކެވެ. ނުވަތަ ދެރައެކެވެ.
މިރޭ ރާއްޖޭގައި ވެސް އެންމެ ގިނަ ބަޔަކު ސަޕޯޓްކުރާނީ ބްރެޒިލްއަށެވެ. ނަމަވެސް ވޯލްޑް ކަޕްގައި ފުރަތަމަ އޭޝިއާ ބައްރު އިސްކުރާ ދިވެހިން ވެސް އުޅޭނެ އެވެ. އެ މީހުންނަށް އޮތް ނުތަނަވަސްކަމަކީ ބްރެޒިލް ފަދަ ވަރުގަދަ ޓީމެއް ބަލިކުރަން އޭޝިއާގެ އެއްވެސް ޓީމަކަށް މާ ފުޅާ ފުރުސަތެއް ނުލިބުމެވެ.
އޮޕްޓާގެ ލަފާކުރުން އައީ 25،000އަށް ވުރެ ގިނަ ފަހަރު، ދެ ޓީމުގެ މެޗުތަކަށް، އެކި ގޮތްގޮތަށް ބަލައިގެންނެވެ.
އޮޕްޓާއިން ލަފާކުރާ ގޮތުގައި މެޗުގެ ފުރިހަމަ ވަގުތުގައި ބްރެޒިލް މޮޅުވުމުގެ ފުރުސަތު %57.3އަށް އަރަ އެވެ.
އޮޕްޓާއިން ބުނަނީ މިރޭގެ މެޗު އެއްވަރުވެ އިތުރު ވަގުތުގެ 30 މިނިޓަށް ދިއުމުގެ ފުރުސަތު %24.3އަށް އޮތް ކަމަށެވެ.
މިހާތަނަށް ޖަޕާނަށް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުން ސަލާމަތްވެވިފަައެއް ނެތެވެ.
ޖަޕާނާއި ބްރެޒިލްއިން މިހާތަނަށް 14 ފަހަރު، އެކުވެރިކަމުގެ މެޗުތަކާ އެކު، ވާދަކޮށްފައިވެ އެވެ. އޭގެ ތެރެއިން ޖަޕާނަށް މޮޅުވެވުނީ އެންމެ ފަހުން މިދިއަ އޮކްޓޯބަރު މަހު ކުޅުނު އެކުވެރިކަމުގެ މެޗުން 3-2 އިންނެވެ. ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި ކުޅުނު މި މެޗުގެ ފުރަތަމަ ދެ ލަނޑު ވެސް ޖެހީ ބްރެޒިލް އެވެ.
ދެ ގައުމުގެ ވާދަކުރުންތަކުގައި ބްރެޒިލް 11 މެޗުން އޮތީ މޮޅުވެފަ އެވެ. ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މިރޭގެ މެޗުގައި ބްރެޒިލް ބަލިކުރަން ޖަޕާނަށް އޮތީ %19ގެ ފުރުސަތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ