ދިރާގުގެ ސަބްސިޑަރީ ކުންފުނި، ފިންޓެކްއިން ދިރާގުޕޭ
ކަސްޓަމަރުންނަށް 1ރ. އަށް ޕިއްޒާއެއް ލިބޭ ޕްރޮމޯޝަނެއް
އިއުލާނުކޮށްފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން ޖޫން 18، ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ޕިއްޒާ ބޯނާގެ މާފަންނު، އަދި ހުޅުމާލެ ފޭސް 1 އައުޓްލެޓުން އޯޑަރުކުރާ ފުރަތަމަ 500 ކަސްޓަމަރުންނަށް 1ރ. އަށް ޕިއްޒާއެއް ލިބޭނެ އެވެ.
ދިރާގުން ބުނީ ހަމައެކަނި
ޓޭކް-އަވޭ ހިދުމަތަށް ހާއްސަކޮށްފައިވާ މި ޕްރޮމޯޝަންގައި، ދިރާގުޕޭގެ މިހާރުގެ
ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް، އެޕްލިކޭޝަން ޑައުންލޯޑްކޮށް
ރަޖިސްޓްރީވުމަށްފަހު ބައިވެރިވެވޭނެ ކަމަށެވެ.
ފީފާ ވޯލްޑްކަޕާ ދިމާކޮށް ދިރާގު ފިންޓެކްއިން ތައާރަފުކުރި މި ޕްރޮމޯޝަނަކީ،
ފުޓްބޯޅައިގެ މި ފޯރިގަދަ ދުވަސްވަރު އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި
ވަގުތުތަކެއް ހޭދަކުރުމަށް ކަސްޓަމަރުންނަށް ފަހިކޮށްދީފައިވާ ރަނުގެ
ފުރުސަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ ކުރިންވެސް ކުރިއަށް ގެންދިޔަ މިފަދަ ޕްރޮމޯޝަންތަކަށް އާންމުންގެ
ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބި ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ
ބައިވެރިވެފައިވާކަން ދިރާގުން ފާހަގަކުރެ އެވެ.
ދިރާގުން ބުނީ ދިރާގު ފިންޓެކްގެ މި
ހާއްސަ ޕްރޮމޯޝަން ކުރިއަށްގެންދަނީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ
މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން
އިތުރުކުރުމުގެ މަގުސަދުގައި ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް
ފޯރުކޮށްދިނުމެވެ.
ދިރާގުޕޭ ކަސްޓަމަރުންނަށް ޕިއްޒާ ބޯނާއިން 1ރ. އަށް ޕިއްޒާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ