ބީއެމްއެލްގެ ޕްރޮމޯޝަނަކުން، މެލޭޝިއާގެ ލެގޯލޭންޑަށް އާއިލީ ދަތުރެއް ހޯދުމުގެ ފުރުސަތު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން، ސްޓޫޑެންޓް ކާޑު ކަސްޓަމަރުންނަށް މެލޭޝިއާއަށް އާއިލީ ދަތުރެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. ބީއެމްއެލްއިން ބުނީ، މި މަހު ފަށައިފައިވާ އެ ޕްރޮމޯޝަން އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށެވެ. އެ ޕްރޮމޯޝަނުގެ މުއްދަތުގައި، ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުން ބީއެމްއެލްގެ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) ޓާމިނަލްތަކުންނާއި ބީއެމްއެލް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ސްޓޫޑެންޓް ކާޑުން ކުރާ ހުރިހާ ޓްރާންސެކްޝަނެއް ގުރުއަތުގައި ހިމެނޭނެ ކަމަށް އެ ބެންކުން ބުންޏެވެ. ބީއެމްއެލްގެ ޕްރޮމޯޝަނުން، ލެގޯލޭންޑަށް ދިޔުމުގެ ފުރުސަތު ހޯދަން ވަނީ ހުޅުވާލައިފައި -- ބީއެމްއެލްއިން ބުނީ، އެ ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް ބޮޑު އިނާމުގެ ގޮތުގައި މެލޭޝިއާގެ ލެގޯލޭންޑަށް ދަތުރެއް ލިބޭނެ ކަމަށެވެ. އެ އިނާމަށް ހޮވޭ މީހަކަށް ހަމަޖެހޭނެ ކަންތައްތަކަކީ: މެލޭޝިއާގެ ޖޮހޯރަށް އެއާ އޭޝިއާއިން ތިން މީހަކަށް ދެކޮޅު ޓިކެޓު (ކުޑަ ކުއްޖަކާއި ބޮޑު ދެ މީހުންނަށް) ލެގޯލޭންޑަށް އެއް ދުވަހުގެ އެޑްމިޝަން ފާސް ޑަބަލް ރޫމެއްގައި ހަތަރު ރޭގެ ހުރުން މީގެ އިތުރުން، ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފުތާއަކު ފަސް ނަސީބުވެރިން ހޮވާނެއެވެ. އޭގެ ތެރެއިން ކޮންމެ ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެ ޕްރޮމޯޝަނުގައި ހިމެނޭ ވިޔަފާރިތަކުގެ ލިސްޓާއި އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ