14 ރަށެއްގައި 14 މަޝްރޫއެއް ހިންގަން އެމްޓީސީސީ އާ ހަވާލުކޮށްފި 14 ރަށެއްގައި 14 މަޝްރޫއެއް ހިންގަން އެމްޓީސީސީ އާ ހަވާލުކޮށްފި

ޖުމްލަ 14 ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީ އާ ހަވާލުކޮށް، އެގްރީމެންޓުތަކެއްގައި ސޮއިކޮށްފި އެވެ.
ކޮންސްޓްރަކްޝަން، ހައުސިން، އެންޑް އިންފްރާސްޓަކްޗާ މިނިސްޓްރީ އިން އެމްޓީސީސީ އާއެކު މި އެއްބަސްވުންތަކުގައި ސޮއިކުރީ އިއްޔެ އެވެ.
އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދު އެވެ. އެމްޓީސީސީ ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އެވެ.
މި 14 ރަށުގައި ހިންގަނީ ޖުމްލަ 14 މަޝްރޫއެކެވެ. އެ މަޝްރޫއުތަކުގެ ޖުމްލަ އަގު 1.7 ބިލިއަން ރުފިޔާ އަށް އަރަ އެވެ. މިއީ މި އަހަރު ފެށުނު ފަހުން ސަރުކާރުން ހަވާލުކުރި ފުރަތަމަ ތަރައްގީގެ މަޝްރޫއުތަކެވެ.
މަޖިލީހުން މި އަހަރަށް ފާސްކުރި ބަޖެޓުގައި ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރަން 8.3 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އިއްޔެ ސޮއިކުރެވުނު މަޝްރޫއުތަކަށް ހަރަދުކުރާނީ އެ ބަޖެޓުންނެވެ.
މިދިޔަ އަހަރު ވެސް ޕީއެސްއައިޕީ ބަޖެޓުގައި އަށް ބިލިއަން ރުފިޔާ ހުރި ނަމަވެސް، އަހަރު ނިންމާލީ އޭގެ 60 ޕަސެންޓު ވެސް ހަރަދުނުކޮށެވެ. މިދިޔަ އަހަރު ވެގެންދިޔައީ ތަރައްގީގެ މަޝްރޫއުތައް މަޑުޖެހުނު އަހަރަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ