ފެންވަރު ރަނގަޅު ސިލޯނު ކަޅު ސައިގެ މުއްސަނދިކަމާއެކު، ތާޒާ ބެރީތަކުގެ ފޮނި ރަހައާއި މާމެލާމެލީގެ މީރުވަސް އެކުލެވޭ 'ވިކްޓޯރިއާ ބްލެކް ޓީ' އެމްޔޫ ސްޓޯރުން ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.
މިއީ ހަމައެކަނި ސައިގެ ރަހައަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަ ބުއިމެއް ނޫނެވެ؛ މިއީ ސިއްހީ ގޮތުން ހަށިގަނޑަށް ބޭނުންވާ ގިނަގުނަ ނިއުޓްރިޝަންތަކުން މުއްސަނދިވެފައިވާ ސަޔެކެވެ.
ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދޭ އެންޓިއޮކްސިޑެންޓްސް އާއި، ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ވިޓަމިން ސީ އަދި ކޭގެ އިތުރުން، ހަކަތަ އިތުރުކޮށްދޭ މެގްނީޒިއަމް އާއި ޕޮޓޭސިއަމް ފަދަ މިނަރަލްތައް މީގައި އެކުލެވެއެވެ. އަދި ސައިގައި ހިމެނޭ ތިއަނީންގެ ސަބަބުން ސިކުނޑި ތާޒާކޮށްދީ ސަމާލުކަން އިތުރުކޮށްދިނުމަށް އެހީތެރިވެދެއެވެ.
ވިކްޓޯރިއާ ޓީ ބޭނުންކުރުމުން ލިބޭ މައިގަނޑު ފައިދާތަކުގެ ތެރޭގައި ހިތުގެ ދުޅަހެޔޮކަން އިތުރުވުމާއި، ހަޖަމުކުރުމުގެ ނިޒާމަށް ލުއިލިބުމާއި، އަދި ހަންގަނޑު ތާޒާވުން ހިމެނެއެވެ. މިއީ އެއްވެސް އާޓިފިޝަލް ރަހައެއް ނެތް، ސައްތައިން ސައްތަ ގުދުރަތީ މާއްދާތައް އެކުލެވޭ ސަޔެކެވެ.
މި ސައި ތައްޔާރުކުރުމަށްޓަކައި 95 ޑިގްރީ ސެލްސިއަސްގެ ހޫނު ފެނަށް ސައިފަތްކޮޅެއް/ ޕެކެޓެއް އެޅުމަށްފަހު ތިނެއް ނުވަތަ ހަތަރު މިނެޓު ވަންދެން ބަހައްޓާށެވެ.
މީރު ރަހައެއް ގެނައުމަށް މާމުއި ކޮޅެއް ބޭނުންކުރެވިދާނެއެވެ. އަދި ހޫނުކޮށް ބޯލުމުގެ އިތުރުން، ފިނިކޮށް 'އައިސް ޓީ' އެއްގެ ގޮތުގައިވެސް މިއީ ވަރަށް ފުރިހަމަ ބުއިމެކެވެ. ކޮންމެ ވަގުތަކަށްވެސް އެންމެ ގުޅޭ ވިކްޓޯރިއާ ޓީއަކީ ހަށިގަނޑަށް އާރޯކަމާއި ހިތަށް އުފާވެރި ތަޖުރިބާއަކަށް ވާނެ އެވެ.
ރަހަ މީރު، ސިއްހަތަށް ފައިދާހުރި 'ވިކްޓޯރިއާ ޓީ'އަށް ހިތް ނުދެވޭނެ ގޮތެއް ނެތް ރަހަ މީރު، ސިއްހަތަށް ފައިދާހުރި 'ވިކްޓޯރިއާ ޓީ'އަށް ހިތް ނުދެވޭނެ ގޮތެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ