ބަންގްލަދޭޝްއާ އެއްވަރުކޮށް އިންޑިއާއަަށް ގްރޫޕުގެ އެއްވަނަ
ވިހި އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގައި މިއަދު 1-1 ގެ ނަތީޖާއަކުން ބަންގްލަދޭޝްއާ އެއްވަރުވެ ގްރޫޕް ބީގެ އެއްވަނަ މަގާމު އިންޑިއާއަށް ލިބިއްޖެއެވެ. އެންމެފަހުން ކުޅުނު މި މުބާރާތުގެ ފައިނަލުގައިވެސް ބައްދަލުކުރީ މި ދެ ޓީމެވެ. އެފަހަރު އިންޑިއާއިން ޗެމްޕިއަންކަން ހޯދިއިރު، މިފަހަރުގެ މުބާރާތާ އިންޑިއާއިން ކުރިމަތިލީ ގިނަ ގޮންޖެހުންތަކާއެކު އެވެ. އެއާހިލާފަށް ބަންްގްލަދޭޝް ވަނީ ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މި މެޗާ ކުރިމަތިލިރު ވެސް އިންޑިއާއާއި ބަންގްލަދޭޝް ވަނީ މި ގްރޫޕުން ސެމީފައިނަލުގެ ޖާގަ ހޯދާފައެވެ. ތިން ޓީމު ހިމެނޭ މި ގްރޫޕުން ކެޓީ ޕާކިސްތާނެވެ. އެއީ ކުޅުނު ދެ މެޗުންވެސް ބަލިވުމާއި ގުޅިގެންނެވެ. އިންޑިއާ އިން ގްރޫޕް އެއް ވަނަ ހޯދީ ލަނޑުގެ ތަފާތުންނެވެ. އެއީ ކުޅުނު ދެ މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު އެވެ. ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސާފް މި ނަތީޖާއާއެކު މުބާރާތުގެ ސެމީ ފައިނަލުގައި އަންނަ ބުދަދުވަހުގެ ހަވީރު ބައްދަލުކުރާނީ ބަންގްލަދޭޝްއާއި ނޭޕާލެވެ. ދެވަނަ މެޗުގައި އެރޭ ބައްދަލުކުރާނީ އިންޑިއާއާއި ބޫޓާނެވެ. މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލީޑުނެގީ އިންޑިއާއިންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުޮށްދިނީ ވިޝާލް ޔާދަވްއެވެ. މިއީ ލިބުނު ކޯނަރަކުން ޖެހި ލަނޑެކެވެ. ބަންގްލަދޭޝްއިން ނަތީޖާ ހަމަހަމަކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައެވެމި ލަނޑު ކާމިޔާބުކޮށްދިނީ ރޯނާން ބެންޖަމިން ސުލިވަން ނެގި ކޯނަރެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަބްދުލް ރިޔާދު ފަހީމެވެ. މެޗުގެ ތެރެއިން ބަންގްލަދޭޝްއާއި އިންޑިއާގެ ބެންޗުން ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފައެވެ. އަދި ބަންގްލަދޭޥް ކޯޗު އިންގްލެންޑްސްގެ މާކް ކޮކްސްއަށް ރަތްކާޑެއްވެސް ދެއްކިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ