ތޮއްޑުއަށް ސީޕްލޭންގެ ދަތުރުތައް ފެށުމުން އަމީން: ރަށުގެ ފަތުރުވެރިކަން ކުރިއަރައި، ދަތުރުފަތުރަށް ފަސޭހަވާނެ
އއ. ތޮއްޑުއަށް އިއްޔެ ސީޕްލޭންގެ ދަތުރުތައް ފަށާފައިވާއިރު، އެ ކަމުގެ ސަބަބުން އެ ރަށާއި އަތޮޅުގެ ފަތުރުވެރިކަން ކުރިއަރާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ތޮއްޑުއަށް އިއްޔެ ވަނީ ސީޕްލޭންގެ ދަތުރުތައް ފަށާފައެވެ. ސަގާފީ ހަރަކާތްތަކާއެކު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އެ ރަށަށް ނިސްބަތްވާ, ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމެވެ. https://x.com/ameen3d/status/2021943294696255779 އެ ޚިދުމަތް ތޮއްޑުއަށް ފެށުމާ ގުޅިގެން މިނިސްޓަރު އަމީން އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، އެ ކަމުގެ ސަބަބުން އެ ރަށާއި އަތޮޅުގެ ފަތުރުވެރިކަން ކުރިއަރާނެ ކަމަށެވެ. އާންމު ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށް މިނިސްޓަރު ގަބޫލުކުރައްވައެވެ. އެ ދަތުރުތަކާ ގުޅިގެން ދިވެހީންނަށް ޚާއްސަ ފެއާވެސް ވަނީ ފަށާފައެވެ. އެގޮތުން، އެއްކޮޅު ޓިކެޓު 799 ރުފިޔާއަށް ލިބޭނެއެވެ. ތޮއްޑުއަށް ސީޕްލޭންގެ ދަތުރުތައް ފެށިއިރު، އެ ރަށަކީ ފަތުރުވެރިންގެ މެދުގައި މަގޫބުލު ރަށެކެވެ. ގާތްގަނޑަކަށް 2،000އެއްހާ މީހުން ދިރިއުޅޭ އެ ރަށުގައި ގެސްޓްހައުސްގެ ވިޔަފާރިއާއި ދަނޑުވެރިކަން ފުޅާދާއިރާއެއްގައި ކުރެއެވެ. https://sun.mv/210202 ކަރާ ހެއްދުމަށް މަޝްހޫރު ތޮއްޑުއަށް ސީޕްލޭންގެ ދަތުރުތައް ފެށުމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ