އައްޑޫ ކައުންސިލަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުންދީފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުން ދީފި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ކެމްޕެއިން ފަށައި ކެމްޕެއިން ޕޯސްޓަރުތައް ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ގޮތުން ރޭ ވަނީ އަައްޑޫ ސިޓީގެ އެކި ރަށްތަކުގައި ކެންޑިޑޭޓުންގެ ގިނަ އަދަދެއްގެ ޕޯސްޓަރާއި ބެނާ ހަރުކޮށްފަ އެވެ.
ނަމަވެސް ބަޔަކު ވަނީ އެ ޕޯސްޓަރުތަކަށް ގެއްލުން ދީފަ އެވެ. އެ ގޮތުންް ޕޯސްޓަރުތަކުގައި ކަޓަރު އަޅާ ހަލާކުކޮށްފަ އެވެ. އެގޮތުން މަރަދޫ އިން ހިތަދޫ ދަތުރުކުރާ ހައިވޭ ސަރަހައްދުގައި ހުރި ވަރަށް ގިނަ ޕޯސްޓަރުތަކަށް ވަނީ ގެއްލުން ދީފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން ވިދާޅުވި ގޮތުގައި އެކަން ސަމާލު ކަމަށް އައީ މިއަދު މެންދުރު ފަހު ޕޯސްޓަރު ހަރުކުރަން ދިއުމުންނެވެ. ޕޯސްޓަރުތަކަށް ގެއްލުން ދިން ކުށްވެރިކުރައްވާ ސިނާން ވިދާޅުވީ އެ މައްސަލަ މިހާރު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.
ކައުންސިލް އިންތިހާބަށް ޕީއެންސީން ދަނީ ކެމްޕެއިން ފުޅާކުރަމުންނެވެ. ހާއްސަކޮށް ސިޓީތަކުގައި ކެމްޕެއިން ފޯރި ދަނީ ގަދަ ކުރަމުންނެވެ. ދާދި ފަހުން އައްޑޫ ސިޓީގައި ވަނީ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ހާއްސަ ޖަލްސާއެއް ވެސް ބާއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ