އިންތިހާބަކުން ބަލިވެ ކޯފާވެއްޖެ ނަމަ، ރައީސަކަށް ކުރިން ހުންނެވި ބޭފުޅާ ބެއްލެވީ ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލުމަށް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ފާޑުވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. މުރައިދޫން ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ނިމިދިޔަ އިންތިހާބުގައި ފިލާވަޅުތަކެއް ލިބިފައިވާ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރައްވަމުން ގެންދަވާ ލީޑަރެއް ކަމަށެވެ.
ލޯކަލް ކައުންސިލު އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް އިދިކޮޅު އެމްޑީޕީއަށްވުރެ ގިނަ ވޯޓު ލިބިފައިވާ ކަމަށާއި ނަމަވެސް 2028 އާ ކުރިމަތިލާއިރު، ކަންކަން ރަނގަޅުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ. އަދި އިންތިހާބުގައި ރައްޔިތުން ދިން މެސެޖަކީ ސަރުކާރަށް ތާއީދު އޮތްކަމުގެ މެސެޖު ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ފާޑުވިދާޅުވަމުން ޝުޖާއު ވިދާޅުވީ ކުރިން ހުންނެވީ އިންތިހާބެއްގެ ނަތީޖާ ލިބުމުން ކޯފާވާ ރައީސެއް ކަމަށާއި ކޯފާވެއްޖެ ނަމަ، ބެއްލެވީ ހުރިހާ ސިޔާސީ ލީޑަރުން ޖަލަށް ލެވޭތޯ ކަމަށެވެ. އަދި މިހާރުގެ ރައީސް މުއިއްޒަކީ އެފަދަ ވެރިއެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެއްވެސް ގޮނޑިއެއް ނުލިބުނު ކަމުގައިވިޔަސް، އިންތިހާބުގައި ކާމިޔާބީ ލިބިފައިވާ ކަމަށްބުނެ، ޔާމީން ނިސްބަތްވެވަޑައިގަންނަވާ ޕީއެންއެފުން ވާހަކަދައްކަމުންދާ ކަމަށާއި ޕީއެންއެފްގެ ތާއީދުގައި ނުކުތް ހަމައެކަނި ކެންޑިޑޭޓަށް ވެސް ޕާޓީގެ ނަމުގައި ވާދަކުރަން ނުކުރުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ޝުޖާއު، ޔާމީނަށް: ކުރިން ހުންނެވީ އިންތިހާބުން ބަލިވީމަ ކޯފާވާ ރައީސެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ