މުރަކަ އިންދުމުގެ ހަރަކާތެއް އެޗްޑީސީން ހިންގަނީ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމުކުރާ މުރަކަ އިންދުމުގެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށާއި އެކި ޖަމިއްޔާ ޖަމާއަތްތަކަށް ހުޅުވާލައިފި އެވެ.އެ ހަރަކާތް ކުރިއަށް ގެންދަން ނިންމާފައި އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ. އެޗްޑީސީން ބުނީ މާލޭ ސަރަހައްދުގައި ތިމާވެށި ހިމާޔަތް ކުރުމުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެކަމުގައި ބައިވެރިވާން ޝައުގުވެރިވާ ނަމަ، އެޗްޑީސީގެ csr@hdc.mv އަށް މެއިލް ކުރުމަށް އެދިފައިވެ އެވެ.އެޗްޑީސީން ދަނީ ހުޅުމާލޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ރަށުގެ ފެހިކަން އިތުރުކުރުމަށް މިފަދަ ތަފާތު އިޖުތިމާއީ ޒިންމާގެ ހަރަކާތްތައް ރާވައި ހިންގަމުންނެވެ.ހުޅުމާލޭގެ އެންމެ ހިތްގައިމު ސަރަހައްދު ކަމަށްވާ ޗެނަލް ޕާކަށް އުޅަނދު ވަނުން ބަންދުކޮށް އެޗްޑީސީ އިން ވަނީ އެ ސަރަހައްދަކީ ހަމައެކަނި މޫދަށް އެރި އުޅެވޭނެ ސަރަހައްދަކަށް ބަދަލުކޮށްފަ އެވެ.ހުޅުމާލެ ޗެނަލް ޕާކުގައި މުރަކަ އާލާކުރުމަށް "ކޮރަލް ގާޑެން" ޕްރޮޖެކްޓް ފެށުމަށް ބޭއްވި ހަފުލާ: އެ ސަރަހައްދުގައި އިންދާ މުރަކަ މޫދަށް ތިރިކުރަން ރެޑީކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ