ބަނގުރާ ފުޅިތަކަކާއެކު އަނެއްކާވެސް ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި

އަނެއްކާވެސް ހުޅުމާލެއިން ބަނގުރާފުޅިތަކަކާއެކު ބިދޭސީއަކު ހައްރުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މެހެދީ ހަސަން ރާނާ، ކިޔާ އުމުރުން 25 އަހަރުގެ ފިރިހެނެއް ކަަމަށެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހުޅުމާލެ ފޭސް އެކެއްގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ހުއްޓުވައި ބަލައިފާސްކޮށްގެން ކަމަށެވެ. އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާ ގެންގުޅުނު ދަބަސް ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 26 ފުޅި ފެނިފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 20 ދުވަހަށް އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގެ އިތުރަށް ވެސް ބަނގުރަލުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބިދޭސީންގެ މައްސަލަ ފެންމަތިވާ މިންވަރު ވަނީ އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ