މިދިޔަ ބުރާސްފަތި ދުވަހު 25 އަހަރަށް ޖަލަށްލާން ހުކުމްކުރުމުން، ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ މީހަކު މިއަދު މަރުވެއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި މަރުވީ ސ. ހިތަދޫ، ދިއްގާގަސްދޮށުގޭ، ހަސަން ނިޔާޒް، 45، އެވެ.
އެނގިފައިވާ ގޮތުގައި އޭނާ މަރުވީ ގޮޅީގެ ފާހާނާ ތެރެއަށް ވެއްޓި އެވެ. ފާހާނާ ތެރެއަށް އޭނާ ވެއްޓިފައި އޮތްކަން އެނގުނީ ބޭރަށް ނުނިކުމެ ގިނައިރުވުމުން ކަމަށް މައުލޫމާތު ލިބެ އެވެ.
އެކަމާ ގުޅިގެން ކަރެކްޝަންސް އަދި ފުލުހުންގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
ހަސަން ނިޔާޒްގެ ހަށިގަނޑު މިވަގުތު އޮތީ ހުޅުމާލެ ހޮސްޕިޓަލުގައި ކަމަށް މައުލޫމާތު ލިބެ އެވެ. އޭނާގެ ހަށިގަނޑު އަދި އާއިލާއާ ހަވާލެއް ނުކުރެ އެވެ.
އޭނާއަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގަ އެވެ. އެ މައްސަލައިގައި އޭނާ ތިން އަހަރާއި ދެ މަހާއި 29 ދުވަސް ބަންދުގައި ހޭދަކުރަން ޖެހުނެވެ.
މިދިޔަ ބުރާސްފަތި ދުވަހު 25 އަހަރަށް ޖަލަށް ހުކުމް ކުރި މީހަކު ގޮޅި ތެރޭގައި މަރުވެއްޖެ މިދިޔަ ބުރާސްފަތި ދުވަހު 25 އަހަރަށް ޖަލަށް ހުކުމް ކުރި މީހަކު ގޮޅި ތެރޭގައި މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ