އެޑެކްސެލް އޭލެވެލް އިމްތިހާނު، މެއި އަދި ޖޫން މަހުގެ ތެރޭގައި އަލުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ. އެކަމަކު މި ފުރުސަތު ދެނީ އަމިއްލަ ގޮތުން އިމްތިހާނު ހަދާ ދަރިވަރުންނަށް އެކަންޏެވެ.
ވީ ކިހިނެއް؟ - މީގެ ހަ އަހަރު ކުރިން، 2019 އަހަރުން ފެށިގެން ރާއްޖޭގައި އެޑެކްސެލް މެއި/ޖޫންގެ އިމްތިހާން ވަނީ ހުއްޓާލާފަ އެވެ. އެހެންވެ، އަމިއްލަ ގޮތުން އިމްތިހާނު ހަދަން ދަރިވަރުން ދާން ޖެހެނީ ރާއްޖޭން ބޭރަށެވެ.
ތަފްސީލް - އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ:
އެގޮތަށް ރާއްޖޭން ބޭރަށް ދާ ނަމަ، ދަތުރުފަތުރުގެ ހަރަދާއި ހުރުމަށް މަދުވެގެން 30،000ރ. ހަރަދުވާ ކަމަށް، ކުރީގެ ތަފާސްހިސާބުތަކުން އެނގިފައިވާ ކަމަށް
އެހެންވެ، އެކަމަށް ހައްލެއް ހޯދުމަށް ޕްރައިވެޓް ކެންޑިޑޭޓުންނަށް މެއި/ޖޫން އިމްތިހާނު ރާއްޖޭގައި ބާއްވައިދޭނެ ކަމަށް
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަމިއްލަ ގޮތުން އިމްތިހާނު ހަދާ ދަރިވަރުންނަށް އަހަރު މެދުތެރޭގައި އިމްތިހާނު ހެދުމުގެ ފުރުސަތު ދިންކަމުގައި ވިޔަސް، ސްކޫލުތަކުގެ ދަރިވަރުންނަށް އިމްތިހާނު ބާއްވާނީ މިހާރެކޭ އެއްގޮތަށް އޮކްޓޫބަރާއި ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.
މޭ/ޖޫންގައި އަމިއްލަ ގޮތުން އޭލެވެލް ހެދުމުގެ ފުރުސަތު ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ