އަޝްފާގު އެނބުރި ގައުމީ ޓީމަށް
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ސްޓްރައިކަރު އަލީ އަޝްފާގް (ދަގަނޑޭ) އާއި އެކު ގައުމީ ޓީމު އަލުން އެކުލަވާލައިފި އެވެ.އަނިޔާގެ އެކި މައްސަލަތަކާ ގައުމީ ޓީމާ ދުރުގައި ހުރި ދަގަނޑޭ، ގައުމީ ޖޯޒީގައި އެންމެ ފަހުން މެޗެއް ކުޅުނީ ޑިސެމްބަރު 2022 ގައި ސިންގަޕޫރާ ދެކޮޅަށް އެ ގައުމުގައި ކުޅުނު އެކުވެރި ކަމުގެ މެޗުގަ އެވެ.ނިއުގެ ސޯޝަލް މީޑިއާގައި ލިޔެފައިވާ ގޮތުގައި، މިއަދަކީ ދިވެހި ފުޓުބޯޅަ އަށް ލޯބިކުރާ ހުރިހާ ސަޕޯޓަރުންނަށް ވަރަށް އުފާވެރި ދުވަހެކެވެ. އެއީ، ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު، ގައުމީ ފުޓުބޯޅަ ޓީމުގެ ތަރި، ދަގަނޑޭ އަނެއްކާވެސް ގައުމީ ޖާޒީގައި ފެނުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވާތީ އެވެ."ދަގަނޑޭ އަކީ ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު. އޭނާގެ ހުނަރާއި، ދަނޑުމަތީގައި ދައްކާ ހިތްވަރަކީ މުޅި ގައުމު ފަޚުރުވެރިވާ ކަންކަން. ގައުމީ ޓީމަށް އޭނާ އެނބުރި އައުމަކީ ޓީމުގެ ރޫހު ވަރުގަދަވެ، ޒުވާން ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް. މި ފުރުސަތުގައި ދަގަނޑޭއަށް ވަރަށް ހޫނު މަރްޙަބާއެއް ކިޔަން،" ނިއު އިން ބުނެފައިވެ އެވެ.ދަގަނޑޭގެ ތަޖުރިބާއާ އެކު، ގައުމީ ޓީމަށް އިތުރު ކާމިޔާބީތަކެއް ލިބިގެންދިއުމަށް އުންމީދުކުރާ ކަމަށާއި ދަގަނޑޭގެ އާދަޔާހިލާފު ކުޅުން ބަލާލުމަށް މުޅި ރާއްޖެ އޮތީ ކެތްމަދުވެފައި ކަމަށް ނިއު އިން ބުނެ އެވެ.ގައުމީ ފުޓުބޯޅަ ޓީމު ތައްޔާރުވަނީ މިމަހުގެ 31 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުޅޭ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ