ވެނެޒުއޭލާއަށް ކުރިމަތިވި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން ބިމާ ހަމަވި އިމާރާތެއްގެ ދަށުން، އުމުރުން އެންމެ 18 ދުވަހުގެ ތުއްތު ކުއްޖަކު ސަލާމަތްކޮށްފި އެވެ.
އިމާރާތުގެ ކުނިތަކުގެ ދަށުގައި 32 ގަޑިއިރު ވަންދެން ތާށިވެފައި އޮތް މި ކުއްޖާ ސަލާމަތްކު ރީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ރެސްކިއު ޓީމުތަކުންނެވެ.
އެހާ ގިނަ ވަގުތު ކުނިތަކުގެ ދަށުގައި ހޭދަވި ނަމަވެސް، އެ ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ކުއްޖާ ސަލާމަތްކުރިތާ ގާތްގަނޑަކަށް 90 މިނެޓު ފަހުން، އެ ކުއްޖާގެ މަންމަ ވެސް ވަނީ އެ ސަރަހައްދުން ދިރިހުއްޓާ ސަލާމަތްކޮށްފަ އެވެ.
މި ހާދިސާގައި ސަލާމަތްވި ތުއްތު ކުއްޖާ އާއި އޭނާގެ ބައްޕަ ބައްދަލުވި އަސަރުގަދަ ވަގުތުކޮޅުގެ ވީޑިއޯތައް އާންމުވެފައިވާއިރު، މިއީ އެތައް ސަތޭކަ ބަޔަކު މަރުވެ، އެތައް ހާސް ބަޔަކު ޒަހަމްވެ އަދި ވީނުވީއެއް ނޭނގި ގެއްލިފައިވާ މި ބޮޑު ކާރިސާގެ ތެރެއިން ލިބުނު ވަރަށް ބޮޑު އުންމީދެކެވެ.
ބިންހެލުމުގެ އަސަރުކުރި ސަރަހައްދުތަކުގައި ދިރިތިބި އިތުރު ބަޔަކު ފެނޭތޯ ބައިނަލްއަގުވާމީ ޓީމުތަކުން އަދިވެސް ދަނީ ހުއްޓުމެއް ނެތް މަސައްކަތްތަކެއް ކުރަމުންނެވެ.
ވެނެޒުއޭލާ ބިންހެލުން: އިމާރާތުގެ ދަށުގައި 32 ގަޑިއިރު ހޭދަވި 18 ދުވަހުގެ ކުއްޖަކު ސަލާމަތްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ