މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހދ. އަތޮޅުން ފެށިގެން ކ. އަތޮޅަށް އަދި ލ. އަތޮޅުން ފެށިގެން އައްޑޫސިޓީއަށެވެ.
މި ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މެންދުރު 12:30 އިން ފެށިގެން އިރުއޮށްސި 06:30 އާހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުތަކުގައި އެސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމަކާއެކު ގުގުރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ