ސްޓެލްކޯއިން ހިންމަފުށީގެ ކަރަންޓް ކެޕެސިޓީ އިތުރުކޮށްފި

ސްޓެލްކޯއިން ކ. ހިންމަފުށީގައި ދެމުންގެންދާ ޚިދުމަތް ފުޅާ ކުރުމަށް ޓަކައި އިތުރު ޖަނަރޭޓަރު ސެޓެއް ބަހައްޓާ ކަރަންޓް ކެޕެސިޓީ އިތުރުކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ. ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، ހިންމަފުށީ އިންޖީނުގޭގައި ބޭނުން ކުރަމުން އައި 200 ކިލޯވޮޓްގެ ސެޓެއް ނެގުމަށް ފަހު އަލަށް ބެހެއްޓި 800 ކިލޯވޮޓުގެ އައު ޖަނަރޭޓަރު ސެޓާއެކު މިހާރު އެ ރަށުގެ ކަރަންޓް ކެޕެސިޓީ 2050 ކިލޯވޮޓަށް އިތުރު ކުރެވިފައިވާ ކަމަށެވެ. ސްޓެލްކޯއިން ހިންމަފުށީގައި ބެހެއްޓި 800 ކިލޯވޮޓުގެ ޖެނެރޭޓަރު ސެޓް -- ހިންމަފުށީގެ ކަރަންޓް ކެޕެސިޓީ އިތުރު ކުރީ އެ ރަށުގައި ޓޫރިޒަމް ފުޅާވެ، ގެސްޓް ހައުސްތައް ގިނަވަމުން އަންނާތީ ކުރިޔަށް އޮތް ތަނުގައި ލޯޑް ބޮޑުވާނެ ކަމަށް ބަލައިގެން ކަމަށް ސްޓެލްކޯގެ އޮފިޝަލް ވިދާޅުވިއެވެ. "ގްރޭޓާ މާލެ ހިމަނައިގެން ސްޓެލްކޯއިން ޚިދުމަތްދޭ 35 ރަށުގައި އަޅުގަނޑުމެންގެ އެއްވެސް ފެއިލިއާއެއް ނުހުންނަ ވަރަށް އަޕްގްރޭޑިން މަސައްކަތްތައް ގަވާއިދުން ކުރަމުން މި އަންނަނީ. މިހާތަނަށް ވަރަށް ގިނަ ރަށްރަށުގައި ހުންނާނެ ޖެންސެޓްތައް ފޮނުވައިގެން ކެޕޭސިޓީ އިތުރުކޮށްފަ،" އޮފިޝަލް ވިދާޅުވިއެވެ. ގައުމީ ކަރަންޓް ކުންފުނި، ސްޓެލްކޯ އިން އަންނަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތަށް ބުރޫނާރާގޮތަށް، ދެމެހެއްޓެނިވިގޮތެއްގައި ޚިދުމަތް ދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސްޓެލްކޯގެ އަމާޒަކީ އެރަކަށް ބޭނުންވާ ޕީކް ލޯޑަށް ވުރެ އިތުރަށް އަބަދު ވެސް ކޭޓާކޮށްދިނުން ކަމަށް އޮފިޝަލް ފާހަގަ ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ