އަބްދުﷲ މަރުވުން އެއީ ހިތާމަވެރިކަމެއް: ޕޮލިސް ކޮމިޝަނަރު

މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހު ހައްޔަރުކުރެވުނު ގދ. ހޯޑެއްދޫ ސްވެން, ޢަބްދުﷲ ރަޝީދު ފުލުހުންގެ ހައްޔަރަށް ގެނެވިފައިހުއްޓާ މަރުވުން، އެއީ ވަރަށް ހިތާމަވެރިކަމެއް ކަމަށް ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.ރަޝީދު މަރުވި މައްސަލާގައި ފުލުހުންނަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިޔަސް އެކަމުގައި ފުރަތަމަ ފަހަރަށް ޕޮލިސް ކޮމިޝަނަރު ހަމީދު މިއަދު ވާހަކަ ދެއްކެވީ ހޯނޑެއްދޫ ވަލުތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަޅުލައި ފޮރުވާފައި ހުއްޓާ ފުލުހުން ހޯދާފައިވާކަން އިއުލާންކުރެއްވުމަށް ފަހު އެވެ.ސީޕީ ވިދާޅުވިގޮތުގައި ނަމަ ރަޝީދު ހައްޔަރުކުރީ "މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ" ތުހުމަތަށެވެ.ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި ހަމީދު މިއަދު ލިޔުއްވީ އެ މައްސަލައިގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ހިންގާ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ."މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތަށް ހައްޔަރުކުރެވުނު ގދ. ހޯޑެއްދޫ، ސްވެން ޢަބްދުﷲ ރަޝީދު ފުލުހުންގެ ހައްޔަރަށް ގެނެވިފައިހުއްޓާ ނިޔާވުން އެއީ ވަރަށް ހިތާމަވެރިކަމެއް. ފުލުހުންގެ އިހުމާލެއް އޮތްތޯބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެވޭނެ،" ހަމީދު ވިދާޅުވެފައިވެ އެވެ.ފުލުހުން ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް މަރުވި އަބްދުﷲ ގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން އިއްޔެ ވަނީ ބުނެފައެވެ.އެ ތަހުގީގު ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފުލުހުންނާ އެކީގައި، ފުލުހުންނާ ގުޅިގެން ހިންގާ ތަހުގީގެއްގެ ގޮތުގައި ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.އެންއައިސީއިން އެހެން ބުނި އިރު، އަބްދުﷲ ރަޝީދުގެ އާއިލާއިން ވަނީ އޭނާގެ ޕޯސްޓްމޯޓަމްއެއް ވެސް އަދި އޮޓޮޕްސީއެއް ވެސް ހަދަން ބޭނުން ނުވާ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ