މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް އެލާޓް ނެރެފި

ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެތީ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.
ގުގުރުމާއެކު ބޯކޮށްވާރޭވެހޭނެތީ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އިން ފެށިގެން މ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. އެސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ 12:00 އިން ފެށިގެން އިރުއޮއްސި 18:00 ގެ ނިޔަލަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ހުޅަނގުދެކުނާއި ހުޅަނގުން ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 3 މޭލާ 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރިނަމަވެސް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ