މިއަދު ހަވީރު 6 ގެ ފަހުން ކެމްޕެއިން ނުކުރުމަށް އީސީ އިން އަންގައިފި

މިއަދު ހަވީރު 6 އިން ފެށިގެން ވޯޓު ލައި ނިމުމާ ހަމަޔަށް ކެޕްއިންގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިލެކްޝަން ކޮމިޝަނުން އަންގައިފިއެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި އަންގާފައިވަނީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 44 ވަނަ މާއްދާގައި ވާގޮތުން އިންތިހާބެއްގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހު ހަވީރު 6 އިން ފެށިގެން ވޯޓުނަގާ ދުވަހުގެ ފަހުދުވަހުގެ ހެނދުނު 06 އާ ދެމެދު، ތާއީދު ހޯދުމަށް އެއްވެސް ހަރަކާތެއް ނުވަތަ ތާއީދު ހޯދުމަށް މަގުފަހިވާފަދަ އެއްވެސް އަމަލެއް ހިންގުމަކީ މަނާކަމެއްކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިޙާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމައެވެ. އަދި މިފަހަރުގެ އިންތިހާބުގައި ވާދަކުރަނީ ޕީޕީއެމްގެ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ސާލިހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ