މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކަނޑާލަން ޖެހިދާނެ: ސްޓެލްކޯ

އިންޓަކަނެކްޝަން މެދުވެރިކޮށް މާލެއާއި ހުޅުމާލެ އަދި ހުޅުލެ އެއް ވިއުގައަކުން ގުޅާލުމަށް ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް، މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކަނޑާލަން ޖެހުން އެކަށީގެން ވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ އެ މަސައްކަތަށް މާދަމާ ހެނދުނު 7:00 އިން 9:00 އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުން އެކަށީގެން ވާކަމަށެވެ. އަދި މި ގަޑިތައް މިގޮތަށް ބަޔާން ކޮށްފައި ވީނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަށް ކަަރަންޓުގެ ހިދުމަތް އަލުން ދެވިގެން ދާނެ ކަމަށެވެ.
މި މަސައްކަތަކީ އިންޓަކަނެކްޝަން ޕްރޮޖެކްޓުގެ އަމަލީ ހުރިހާ މަސައްކަތެއް ނިންމުމަށް ފަހު މާލޭގެ ސިސްޓަމްއާ ގުޅާލުމަށްޓަކާ ކޮންމެހެންވެސް ކުރަން ޖެހޭ މަސައްކަތެއް ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ