ސިޓީގައި 2030 ގެ ނިޔަލަށް މަޑުކުރަން ނިންމާ ފޯޑެން އެގްރީމަންޓް އާކޮށްފި

އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީއަށް ކުޅެމުންދާ އިންގްލަންޑްގެ ފިލް ފޯޑަން އެޓީމުގައި 2030 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ނިންމާ އެގްރީމަންޓް އާކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ސިޓީގެ އެކަޑަމީއިން ސީނިއަރ ޓީމާއި ގުޅުނު ފޯޑަން އަށް އެކްލަބުންދޭ މުހިންމުކަން ވަރަށް ބޮޑަށް ވަނީ ހާމަވެގެންގޮސްފައެވެ. މިއާ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ފޯޑެންބުނީ ސިޓީއަށް ކުޅުމަކީ އޭނާ ކުޑައިރުން ފެނިގެން ދެކެމުން އައި ހުވަފެނެއް ކަމަށާއި ނަމަވެސް މިކްލަންގައި މިހާގިނަދުވަހު ހުރުމުގެ ފުރުސަތު ލިބިގެންދިއުމަކީ އޭނާއަށް ބުނެދޭން ނޭނގޭ އިހްސާސްތަކެއް ކުރެވެމުންދާކަމެއް ކަމަށެވެ. އަދި ސިޓީއާއެކު އޭނާ ހޯދާފައިވާ ކާމިޔާބީތަކުގެ ހަނދާންތައް އޭނާގެ ހިތުގައި އަބަދުވެސް ހުންނާނެކަމަށް ފޯޑެން ބުންޏެވެ.
2017 ވަނަ އަހަރު ޕެޕް ގާޑިއޯލާގެ ކޯޗުކަމުގެ ދަށުން ސީނިއަރ ޓީމަށް ކުޅެންފެށި ފޯޑެންވަނީ މިހާތަނަށް އެޓީމަށް 411 މެޗު ކުޅެދީ 131 ލަނޑު ޖަހައިދީފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އޭނާވަނީ ސިޓީއާއެކު ޕްރިމިއަރ ލީގުގެ ތަށި 6 ފަހަރު އުފުލާލުމުގެ އިތުރުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް އެފް އޭ ކަޕްވެސް ތިން ފަހަރު ކާމިޔާބު ކޮށްފައެވެ.
ނިމިގެންދިޔަ ސީޒަންގައި ފޯޑެންވަނީ ސިޓީއަށް 50 މެޗުގައި 10 ލަޑު ކާމިޔާބު ކޮށްދީފައެވެ. ނަމަވެސް މިދިޔަ ސީޒަންގައި އޭނާގެ ފޯމު ކޮންމެވެސް ވަރަކަށް ގެއްލުމުގެ ސަބަބުން ސިޓީގެ ފުރަތަމަ އެގާރައިން ޖާގަލިބުން މަދުވުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ ނިމިގެންދިޔަ ވޯލްޑް ކަޕަށް ތޯމަސް ޓުކެލް އެކުލަވާލި ޓީމުން އޭނާއަށް ޖާގަގެންލިގެންދިއުމެވެ. އެހެން ކަމުން އާކޯޗު އެންޒޯ މަރެސްކާގެ ފުރަތަމަ ސީޒަންގައި މިކަން ރަނގަޅު ކުރުމަށް އޭނާ މަސައްކަތް ކުރާނެކަމަށް ބެލެވެއެވެ.
ސިޓީއިން މަރެސްކާގެ ކޯޗުކަމުގެ ދަށުން ޕްރިމިއަރ ލީގުގައި ކުޅޭ ފުރަތަމަ މެޗަކަށް ވެގެންދާނީ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ބޯންމޯތާއި ދެކޮލަށް ކުޅޭ މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ