އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދު ރާއްޖޭގައި ވަޑައިގެން ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޖަގަހަ ކަމަށްވާ މ.ކުނޫޒުގައި މިހާރު ކުރިއަށްދާ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ބައެއް ބޭފުޅުން ވަކިވި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވީނަމަވެސް ޝަރީޢަތް ކުރިއަށް ނުގޮސް އޮތީ އުއްތަމަ ފަނޑިޔާރު ރާއްޖޭގައި ނޫޅުއްވާތީ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ރާއްޖޭގައި ވަޑައިގެން ނެތް ކަމަށް ގާސިމް ވިދާޅުވި ނަމަވެސް މިއީ ކިހައި ވަރެއްގެ ހަޤީޤަތެއް އެކުލެވިގެންވާ ވާހަކައެއް ކަމެއް ނޭންގެއެވެ.
(ތަފްސީލް އަންނަނީ)
އުއްތަމަ ފަނޑިޔާރު ރާއްޖޭގައި ވަޑައިގެން ނެތް ކަމަށް ގާސިމް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ