މެމްބަރުކަން ގެއްލޭ މައްސަލައަށް ޝާހިން އާއި މައުމޫން ހަމީދުގެ ލޯފާމުން ތަދައްޚުލްވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލިގެންދާނެ އުސޫލްތަކެއް ކަނޑައެޅުމަށްޓަކައި އެޓާނީ ޖެނެރަލް، ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަށް، މަޝްހޫރު ގާނޫނީ ވަކީލް ޝާހީން ހަމީދާއި މައުމޫން ހަމީދުގެ ލޯފާމުން ތަދައްޚުލް ވެއްޖެ އެވެ.
 
ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން، ޝާހީން ވިދާޅުވީ ލޯފާމްގެ ފަރާތުން މި މައްސަލައަށް ތަދައްޚުލްވެފައިވަނީ އޭނާ އާއި މައުމޫނު ހަމީދުގެ އިތުރުން މާޒު ޝަރީފު އާއި މުހައްމަދު އިބްރާހިމް އާއި އައިޝަތު ޝިފާލާ އަދި އިބްރާހިމް ޝަމީލެވެ.
 
Our application to intervene in the ongoing "MPs floor-crossing" case was submitted this morning to the Supreme Court.
މި މައްސަލައަށް ތަދައްޚުލްވެވަޑައިގަތީ، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރެއްވި ޝާހީން ވިދާޅުވި ގޮތުގައި، ފުރިހަމަ އިންސާފެއް ނުލިބިދާނެތީ އާއި ގާނޫނު އަސާސީއާ ހިލާފު ކަންކަތްތަކެއް ހުރި ކަމަށް ގަބޫލުކުރެއްވޭތީ އެވެ.
 
"މި މައްސަލަ ހުށަހަޅުއްވާފައި ވަނީ އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި. އެކްސްޕާޓޭ މައްސަލައަކީ ވަރަށް ހާއްސަ އުސޫލްތަކެއްގެ ދަށުން ހުށަހަޅައިގެން، ވަރަށް މުހިންމު ޒިންމާތަކެއް ބިނާވާ ބާވަތެއްގެ ހުށަހެޅުމެއް. އެއް ފަރާތް ހިމެނިގެން ހުށަހަޅައިގެން. އަނެއް ފަރާތަށް ވެސް ގެއްލުމެއް ލިބޭނެ ކަންކަން ބަޔާން ކުރަންވާނެ. މިފަދަ މައްސަލަތަކުގައި ވަކި ފަރާތަކަށް ރައްދު ނުވާތީ ދެ ފަރާތައް އިންސާފު ލިބޭ ގޮތަށް ހުށަހެޅުން އޮންނަން ވާނީ. މި މައްސަލައިގައި އެ ވަރަށް އެޓާނީ ޖެނެރަލްގެ ހުށަހެޅުން އޮތް ކަމަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ މި މައްސަލަ ހުށަހަޅާފައިވާ ގޮތުން އެއް ފަރާތަކަށް ފައިދާވާ ގޮތަށް ހިނގައިދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
 
މި މައްސަލައަކީ ގާނޫނާ ހިލާފު މައްސަލައެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ވެސް ވަނީ ތަދައްޚުލްވެވަޑައިގެންފަ އެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ