ބައެއް ރަށްރަށުގައި ވޯޓާސް ލިސްޓު ވަނީ އޮޅުވާލާފައި: މީކާއިލް

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ކުރިއަށްދާ އިންތިހާބުގައި ބައެއް ރަށްރަށުގައި ވޯޓާސް ލިސްޓު އޮޅުވާލައި އޭނާއަށް ވޯޓުލުމަށް ތިބި މީހުން ލިސްޓުން އުނިކޮށްގެން ވޯޓުލަމުންދާ ކަމަށް އެ އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ތުހުމަތުކުރައްވައިފި އެވެ. 
ވޯޓުލުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވި ގޮތުގައި މިވަގުތު ތަފާސްހިސާބުތައް ދައްކާ ގޮތުން އަދިވެސް ކުރީގައި އުޅެނީ އޭނާ އެވެ. އަދި ވީހާވެސް ގިނަ އެމްޑީޕީ މެންބަރުން ވޯޓުގައި ބައިވެރިވުމަށް މީކާއިލް އެދިވަޑައިގަތެވެ. 
"ބައެއް ރަށްރަށުގައި އަޅުގަނޑުމެންގެ މަންދޫބުންނަށް ފާސް ދޫނުކޮށް ގަސްތުގައި ފާސް ދޫނުކޮށް، ވޯޓުލުން ކުރިއަށްދިޔަކަން އެބަ ފާހަގަކުރެވޭ. ބައެއް ރަށްރަށުގައި ފަޅާލާފައި އޮތް ފޮށްޓައް ވޯޓު އެޅުން ކުރިއަށް އެބަ ގެންދޭ،" މީކާއިލް ވިދާޅުވި އެވެ. 
އޭނާ ވަނީ ވޯޓުލުމުގެ ތެރެއިން ހިނގަމުންދާ ބައެއް ކަންކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފަ އެވެ. އޭގެ ތެރޭގައި ވޯޓު ލިސްޓާ ގުޅޭ ކަންބޮޑުވުން ހިމެނެ އެވެ.
"ބައެއް ރަށްރަށުގައި ވޯޓާސް ލިސްޓު އޮޅުވާލާފައިވާކަން ފާހަގަ އެބަކުރެވޭ. އަދި އަޅުގަނޑުމެންނަށް ވޯޓުލާން ތިބި މީހުން އުނިކޮށް ވޯޓާސް ލިސްޓުން ކުރިއަށް ގެންދާކަން އެބަ ފާހަގަކުރެވޭ،" މީކާއިލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ