އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ގދ. ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލުމަށްފަހު، އެ ފޮށްޓަށް އަލުން ވޯޓު އެޅި ނަމަވެސް އެ ވޯޓުތައް ބަލައިނުގަންނާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ އިލެކްޝަން ކޮމެޓީގެ ޗެއާ ހެންވޭރު އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުއިއްޒު ވިދާޅުވީ، ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލުމަށްފަހު ވެސް އެ ފޮށްޓަށް ވޯޓުލަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މިފަހަރުގެ އިންތިހާބުގައި 50,176 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ވޯޓުލުން ކުރިއަށްދާނީ މިރޭ 8:30 އާ ހަމައަށެވެ. އެމްޑީޕީން ބުނާ ގޮތުގައި މިހާތަނަށް ވޯޓުލާން ނުކުތީ މަދު ބައެއް ނަމަވެސް، ކުރިއަށް އޮތް ވަގުތުތަކުގައި ވޯޓުލާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.
ފިޔޯރީ ފަޅާލި ފޮށްޓަށް ލާ ވޯޓު ބަލައެއް ނުގަންނާނަން: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ