މިއަދަކީ ކަޅު ދުވަހެއް، ނަމަވެސް ޚުދުމުޚުތާރުވެރިން އަބަދުވެސް ފެއިލްވާނެ: މައުމޫން

މިއަދަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ތާރީޚުގައި ކަޅު ދުވަހެއްކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެނަމަ އަދި ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭގޮތަށް ސްޕްރީމް ކޯޓުން ހުކުމްކުރުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވީ މިއަދަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ތާރީޚުގައި ކަޅު ދުވަހެއްކަމަށެވެ.
ނަމަވެސް ރައީސް މައުމޫން ވަނީ ސުޕްރީމް ކޯޓްގެ އެ ނިންމުމާއިމެދު ކަންބޮޑުނުވުމަށް އެދިވަޑައިގެންފައެވެ. ރައީސް މައުމޫން ވިދާޅުވީ ރައްޔިތުން އަބަދުވެސް ކާމިޔާބު ހޯދާނެކަމަށާ އަދި ޚުދުމުޚުތާރުވެރިން އަބަދުވެސް ފެއިލްވާނެކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެނަމަ އަދި ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭގޮތަށް ސްޕްރީމް ކޯޓުން ހުކުމްކުރީ އެގޮތަށް ކަނޑައަޅައިދިނުމަށް ސަރުކާރުގެ ފަރާތުން ދައުލަތުގެ ބަންޑާރަ ނާއިބް ހުށައެޅުއްވި ދުސްތޫރީ މައްސަލަ ބެލުމަށްފަހުއެވެ.
ދައުލަތުގެ ބަންޑާރަ ނާއިބް މި މައްސަލަ ކޯޓަށް ހުށައެޅީ ސަރުކާރަށް މަޖިލީހުގައި އޮތް މެޖޯރިޓީ މުޅިން ގެއްލުމުގެ ބިރު ހީވުމާއި ގުޅިގެންނެވެ.
މަޖިލީހުގެ ރައީސް އަބުދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގިނަ މެންބަރުންތަކެއް ސޮއިކުރުމުން މަޖިލީހުގައި ސަރުކާރުން ދަމަހައްޓަމުން އައި މެޖޯރިޓީ ގެއްލުމުގެ ބިރު އޮތުމުން މެންބަރުން ގަދަކަމުން ޕާޓީގައި ބޭތިއްބުމަށް ބަންޑާރަ ނާއިބް ކޯޓަށް ވަޑައިގަތުމުން ގިނަ މެންބަރުންތަކެއް ވަނީ އެޕާޓީ ދޫކޮށްގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ