އިންޓަރ ސްކޫލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ތ. އަތޮޅު ތަޢުލީމީ މަރުކަޒަށް ބޮޑު ކާމިޔާބީއެއް
ނުވަ ވަނަ މައިލޯ އިންޓަރ ސްކޫލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށް ދިޔަ މި މުބާރާތުގައި ޖުމްލަ ނުވަ ސްކޫލަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ތ. އަތޮޅު ތަޢުލީމީ މަރުކަޒު ވެސް ހިމެނެއެވެ. މިއަހަރުގެ މުބާރާތުގައި އަލަށް ވާދަކޮށް ތ. އަތޮޅު ތަޢުލީމީ މަރުކަޒު ވަނީ އެޓީމު ބައިވެރިވި ދެ އުމުރުފުރާއިންވެސް ޗެމްޕިއަންކަން ހޯދާފައެވެ. އެއީ 16 އަހަރުން ދަށާއި 18 އަހަރުން ދަށުގެ ފިރިހެން ބައިންނެވެ. މީގެ އިތުރުން އެ ސްކޫލުގެ ދަރިވަރުންވަނީ މި ދެ އުމުރުފުރާގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަންވެސް ހޯދާފައެވެ.މީގެ އިތުރުން މި މުބާރާތުގައި 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަހަރުން ދަށާއި 18 އަހަރުން ދަށުގެ އުމުރުފުރާގައި އަންހެން އަދި ފިރިހެން ކުޅުންތެރިން ވާދަކުރިއެވެ. 12 އަހަރުން ދަށުގެ ފިރިހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލެވެ. 16 އަހަރުން ދަށުގެ އަންހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އަމީނިއްޔާ ސްކޫލެވެ.ސިންގަލްސް އިވެންޓުތަކަށް ބަލާއިރު 18 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އަމީނިއްޔާ ސްކޫލުގެ ލައިސާ ފަތުހުﷲ ހޯދިއިރު، 16 އަހަރުން ދަށާއި 14 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އިސްކަންދަރު ސްކޫލުގެ އައިޝަތު ރަފާ ނާޒިމެވެ. 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ފިރިހެންބައިން ޗެމްޕިއަންކަން ހޯދީ ބިލަބޮންގެ އަޙްޔާ އަހުމަދު ޚާލިދެވެ. ސިންގަލްސް އިވެންޓުގެ 18 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެންޕިއަންކަން ހޯދީ އަނޫފް އަހުމަދެވެ. އަދި 12 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ޗެންޕިއަންކަން ހޯދީ ބިލަބޮންގެ ޒަރާ ހަސަން ލަތީފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ