ފެމިލީ ކޯޓުގެ ހިންގުން ވަގުތީގޮތުން އެކޯޓުގެ ގާޒީ އިބްރާހީމް މާހިރާ ހަވާލުކޮށްފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، ފެމިލީ ކޯޓު ވަގުތީގޮތުން ހިންގުމަށް ގާޒީ އިބްރާހީމް މާހިރާ ހަވާލުކުރަން ނިންމީ، އެ ކޯޓުގެ އިސްގާޒީގެ މަގާމުގައި ހުންނެވި ހުޒައިފާ މުހައްމަދު އިއްޔެއިން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން ކަމަށެވެ.
ހުޒައިފާ މުހައްމަދު އެމަގާމަށް އައްޔަންކުރަން ނިންމާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައި އޮތް ތިން މަގާމުގެ ތެރެއިން އެއް މަގާމަށް ހުޒައިފާ އައްޔަންކުރީ ޖޭއެސްސީން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. އޭނާއަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.
ފެމިލީ ކޯޓުގެ ވަގުތީ ހިންގުން ގާޒީ އިބްރާހީމް މާހިރާ ހަވާލުކުރުމަށް ޖޭއެސްސީން ނިންމީ މިއަދު ބޭއްވި އެކޮމިޝަންގެ 45 ވަނަ ބައްދަލުވުމުގައެވެ.
ފެމިލީ ކޯޓުގެ ހިންގުން ވަގުތީގޮތުން ގާޒީ އިބްރާހީމް މާހިރާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ