ރަޔަންއެއާގެ ބޯޓެއް ވައިގެ ތެރޭގައި ދަތުރުކުރަމުން ދަނިކޮށް، ބޯޓުގެ ކުޑަދޮރަކުން ފަސިންޖަރަކު ބޭރަށް ދަމައިގަނެ، ނުރައްކާތެރި ހާދިސާއެއް ހިނގައިފި އެވެ.
ބޯޓު ދަތުރުކުރި މަގު ދައްކައިދޭ ޓްރެކިން ޑޭޓާތަކުން އެނގޭ ގޮތުގައި، ބޯޓު އުދުހެމުންދިޔަތާ 10 މިނެޓު ފަހުން ކުއްލިއަކަށް ވަނީ 9،000 ފޫޓު ތިރިވެފަ އެވެ. އެ ވަގުތު ބާރުގަދަ ގޮވުމެއްގެ އަޑު އިވުނު ކަމަށް މީޑިއާތަކަށް މައުލޫމާތު ދިން ފަސިންޖަރުން ބުނެފައިވެ އެވެ.
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
MU STORE
MGH Group of Companies
MGH Group of Companies
ގްރީސްގެ ހޮސްޕިޓަލަކުން ބުނީ މި ހާދިސާގައި އަނިޔާވި އުމުރުން 61 އަހަރުގެ ސާބިއާގެ ރައްޔިތަކަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ. އޭނާ ބޭރަށް ދަމައިގަތް ވަގުތު، ބޯޓުން ބޭރަށް ދިޔަނުދީ ހިފެހެއްޓުމަށްޓަކައި އޭނާގެ އަންހެނުން ފަސް މިނެޓެއްހާއިރު ވަންދެން އޭނާގެ ފައިގައި ހިފަހައްޓައިގެން އޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ރަޔަންއެއާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުކުރު ދުވަހުގެ ހެނދުނު ގްރީސްގެ ތެސަލޮނީކީ އިން ޖަރުމަނުގެ މެމިންގެން އަށް ދަތުރުކުރި ފްލައިޓް ނައްޓާލިތާ މާގިނަ އިރެއް ނުވަނީސް، ބޯޓުގެ ކުޑަދޮރެއް ނެއްޓުމާ ގުޅިގެން އަނބުރާ ޖެއްސީ ކަމަށެވެ.
އަޔަލޭންޑުގެ ބަޖެޓް އެއާލައިނުން ބުނި ގޮތުގައި، ބޯޓު އާންމު ހާލަތުގައި ތެސަލޮނީކީ އެއާޕޯޓަށް ޖެއްސުމާއެކު ފަސިންޖަރުން ވަނީ ޓާމިނަލަށް ގެންގޮސްފަ އެވެ. އަދި އެއް ފަސިންޖަރަކު ބޭނުންވެގެން އެއާޕޯޓުގައި އޭނާއަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ އެއާލައިނުން ބުނެފައިވެ އެވެ.
މީޑިއާތަކަށް މައުލޫމާތު ދިން ފަސިންޖަރުން ބުނި ގޮތުގައި، އެ މީހާ ބޯޓުގެ ކުޑަދޮރުން ބޭރަށް ދަމައިގަތް ވަގުތު، އޭނާގެ ބޮލުން ފެށިގެން ކޮނޑާ ހަމައަށް އޮތީ ބޯޓުން ބޭރުގަ އެވެ. އޭނާ އަލުން ބޯޓުގެ އެތެރެއަށް ވެއްދީ އެހެން ފަސިންޖަރުންގެ އެހީތެރިކަމާއެކުގަ އެވެ.
ބޯޓުގެ ކުޑަދޮރު ތަޅައިގެން ދިޔައީ އިންޖީނުން ވަކިވެގެން ދިޔަ ބައިތަކެއް ބޯޓުގެ ބޭރުގައި ޖެހިގެން ކަމަށް ބައެއް ފަސިންޖަރުން ބުނި ނަމަވެސް، ރަޔަންއެއާ އިން އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
"އަހަރެމެންނަށް ވަގުތުން އެނގުނު ބޯޓުގެ ޕްރެޝަރު ދަށްވެއްޖެކަން. މީހުން ހަޅޭއްލަވަން ފެށި... އެ ވަގުތު އަހަރެން ހީކުރީ މީހަކަށް އޮޅިގެން ކުއްލި ހާލަތުގައި ބޭނުންކުރާ ދޮރު ހުޅުވުނީ ކަމަށް،" އެ ބޯޓުން ދަތުރުކުރި ކްރިސްޓީނާ ނަމަކަށް ކިޔާ ފަސިންޖަރަކު ރޭޑިއޯ ތެސަލޮނީކީ އަށް ކިޔައިދިނެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި، އެ ވަގުތު އޮކްސިޖަން މާސްކްތައް ތިރިވި ކަމަށާއި ބޯޓުގެ ތެރޭގައި ގަދަ ވަހެއް ދުވި ކަމަށެވެ. އަދި އެއް ފަސިންޖަރެއްގެ ބޮލާއި ކޮނޑު އޮތީ ކުޑަދޮރުން ބޭރުގައި ކަމަށާއި، ނަސީބަކުން އޭނާ ހުރީ ސީޓްބެލްޓް އަޅައިގެން ކަމަށް ވެސް ކްރިސްޓީނާ ބުންޏެވެ.
މި ހާދިސާ ހިނގި ބޯޓަކީ 18 އަހަރުވެފައިވާ ބޯޓެއް ކަމަށް ބެލެވޭއިރު، މިއީ ރަޔަންއެއާގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ މޯލްޓާ އެއާ އިން އޮޕަރޭޓްކުރާ ބޯޓެކެވެ.
ތެސަލޮނީކީ އެއާޕޯޓް ހިންގާ ފްރަޕޯޓް ގްރީސް އިން ބުނި ގޮތުގައި، ގްރީސްގެ އެއާ އެންޑް ރެއިލް ސޭފްޓީ އިންވެސްޓިގޭޝަން އޮތޯރިޓީން މިހާރު ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.
މީގެ ކުރިން 2018 ވަނަ އަހަރު ވެސް އެމެރިކާގެ ސައުތުވެސްޓް އެއާލައިންސްގެ ފްލައިޓެއްގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ކުޑަދޮރެއް ތަޅައިގެން ގޮސް، ފަސިންޖަރަކު ބޭރަށް ދަމައިގަތުމުގެ ސަބަބުން މީހަކު މަރުވެފައިވެ އެވެ.
ވައިގެ ތެރޭގައި ބޯޓެއްގެ ކުޑަދޮރު ނެއްޓި، ފަސިންޖަރަކު ބޭރަށް ދަމައިގަނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ