މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން ފްލެޓާއި ގޯތި ހޯދައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން އެތައް މިލިއަން ރުފިޔާއެއް ނެގި ކަމަށް ތުހުމަތުކުރެވޭ ފިޝަރީޒް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔާސީންގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން ތަފްސީލެއް ނުދީ މިއަދު ބުނީ ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައާ ގުޅޭ ތަފުސީލެއް ފުލުހުން ދީފައި ނުވިޔަސް، އެނގިފައިވާ ގޮތުގައި ފުލުހުން ތަހުގީގުކުރަނީ ޔާސީންގެ މައްސަލަ އެވެ.
މި މަހު އޭނާ ވަނީ ޑެޕިއުޓީ މިނިސްޓަރުކަމުން ވަކި ވެސް ކޮށްފަ އެވެ.
ޔާސީންގެ މައްޗަށް ތުހުމަތުކުރެވެނީ ފްލެޓާއި ގޯތި ހޯދައިދޭނެ ކަމަށް ބުނެ ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންގެ އިތުރުން ފަނޑިޔާރުންނާއި އާންމުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށެވެ.
ގޯއްޗާއި ފްލެޓް ދޭނެ ކަމަށް ބުނެ އެކި މީހުންގެ އަތުން 25 މިލިއަނެއްހާ ރުފިޔާ އޭނާ ނަގާފައިވާ ކަމަށް ތުހުމަތުކުރެ އެވެ.
ފްލެޓާއި ގޯތި ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގި ޑެޕިއުޓީ މިނިސްޓަރެއްގެ މައްސަލަ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ