ސްރީ ލަންކާގެ ކޮލަމްބޯއިން ފުރައިގެން ތުރުކީގެ އިސްތަންބޫލަށް ދަތުރުކުރި ޓާކިޝް އެއާލައިންސްގެ މަތިންދާބޯޓެއް ދޫނިތަކެއްގައި ޖެހިގެން ކުރިމަތިވި މައްސަލައަކާ ހެދި އިމަޖެންސީގައި، އަނބުރާ ކޮލަމްބޯގެ ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސައިފި އެވެ.
މިއަދު ހެނދުނު ހިނގި މި ހާދިސާގައި ކުއްލި ހާލަތުގައި ޖެއްސީ ޓާކިޝް އެއާލައިންސްގެ TK731 ފްލައިޓެވެ. މިއީ އެއާބަސް A330-300 މަރުކާގެ ބޯޓެކެވެ.
ބޯޓު އެއާޕޯޓުން ނައްޓާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ދޫނިތަކުގައި ޖެހި ބޯޓަށް ވަނީ މައްސަލަތަކެއް ދިމާވެފަ އެވެ. ނަމަވެސް މިފަދަ ހާލަތެއްގައި ބޯޓު ޖައްސާއިރު ތެޔޮ މަދުކޮށް، ބޯޓު ލުއިކުރުމަށް ބޭނުންވާ ނިޒާމް (ފިއުލް ޖެޓިސަން ސިސްޓަމް) މި ބޯޓުގައި ނެތުމުން ތެޔޮ އަންދައި ހުސްކުރަން ނިގަމްބޯ ކަނޑުގެ ސަރަހައްދު މަތީގައި ތިން ގަޑިއިރަށްވުރެ ގިނައިރު ބޯޓު ވަނީ ދުއްވައިފަ އެވެ.
މި ގޮތަށް ބޯޓު ވައިގެ ތެރޭގައި ބުރުޖަހަމުން ދިއުމަށް ފަހު، އެއާޕޯޓަށް ވަނީ ރައްކާތެރިކަމާ އެކު މިއަދު ހެނދުނު 10:24 ގައި ޖައްސައިފަ އެވެ. އޭގައި ތިބި 253 ފަސިންޖަރުންނާއި 10 ކުރޫއިންނަށް އެއްވެސް ގެއްލުމެއް ނުވެ އެވެ.
މި ހާދިސާއަށް ސަމާލުކަން ލިބި، ވައިގެ ދަތުރުފަތުރުގެ މައުލޫމާތު ލައިވްކޮށް ފެންނަ 'ފްލައިޓްރާޑާ24' އިން މިއަދު ހެނދުނު ނިސްބަތުން އެންމެ ގިނަ ބަޔަކު ލައިވްކޮށް ޓްރެކްކޮށް، ބެލި ފްލައިޓަށް ވެސް މި ފްލައިޓް ވަނީ ވެފަ އެވެ.
ކޮލަމްބޯއިން ފުރި ޓާކިޝްއެއާލައިންސްގެ ބޯޓެއް ދޫނިތަކެއްގައި ޖެހުމުން އިމަޖެންސީ ހާލަތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ