ތިޖޫރީއެއް ފަޅާލައި މިލިއަނުން ފައިސާ ވަގަށް ނެގި މައްސަލައިގައި ފަސް މީހަކަށް ދައުވާކޮށްފި

މިދިޔަ މާޗު މަހު މ. ނަލަހިޔާ ރެސިޑެންސްގެ އެއާޕްމަންޓެއްގައި ހުރި ދެ ތިޖޫރީއެއް ފަޅާލައި އެ ތިޖޫރީތަކުގައި މިލިއަނުން ހުރި ފައިސާ ވަގަށް ނެގި މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ. 
ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ބުނީ ނަލަހިޔާ ރެސިޑެންސްގެ ދެ ތިޖޫރީ ފަޅާލައި އެ ތިޖޫރީތަކުން 3,992,000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. 
MGH Group of Companies
MGH Group of Companies
MU STORE
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
މި މައްސަލައާ ގުޅިގެން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ފަސް މީހަކަށް އުފުލިއިރު، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ ތިން މީހަކަށް ކުރި އެވެ. އޭގެއިތުރުން މުދަލަށް ގެއްލުން ދިނުމުގެ ދައުވާވެސް ތިން މީހެއްގެ މައްޗަށް އުފުލާފައިވެ އެވެ. 
މައްސަލައިގައި ދައުވާ އުފުލި މީހުން:
މި މައްސަލައިގައި އަހްމަދު ފާރިސް، ޖަޒީލު މުހައްމަދު އަދި މުހައްމަދު ނޫރު އަހްމަދުގެ މައްޗަށް އެންމެ ގިނަވެގެންވެސް އަންނާނީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ. އޭގެއިތުރުން މުހައްމަދު އަފްރާހް އަދި އިސްމާއީލް އާސިފްގެ މައްޗަށް ގިނަވެގެން އަންނާނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. 
މައްސަަލައިގައި ދައުވާ ލިބޭ މީހުން އަތުން ވަގަށްނެގި ފައިސާ ބަދަލުލިބޭ ފަރާތްތަކަށް ނަގައިދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ