ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ތެރެއިން ވަގަށް ފްލެޓާއި ގޯތި ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން މިލިއަނުން ފައިސާ ހޯދި ކަމަށް ބެލެވޭ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔަސީންގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ފެންމަތިވެ އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ. ފިޝަރީޒް މިނިސްޓްރީގެ ފަރާތުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައެއް ނުވެ އެވެ.
Enterprise Development Industrial Pvt Ltd
MGH Group of Companies
Zetta Enterprises Pvt Ltd
MGH Group of Companies
Yes Maldives Pvt Ltd
"ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުން،" މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވެ އެވެ.
އަދަދު އާ ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ ޔަސީންގެ މައްސަލަ މީޑިއާގައި ފެންމަތިވުމުން އެކަން ބެލުމަށްފަހު މަގާމުން ވަކިކުރަން ނިންމީ ކަމަށެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ސަރުކާރުގެ ސްކީމްތަކުން ފްލެޓާއި ގޯތި ޔަގީންކޮށްދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންނާއި ފަނޑިޔާރުން އަދި ބައެއް އާންމުން އަތުން ވެސް ޔަސީން ފައިސާ ހޯދާފައިވެ އެވެ.
ފްލެޓް ދޭނެ ކަމަށް ބުނެ މީހުން އަތުން ދެ ލައްކަ ރުފިޔާ އާއި ހަތަރު ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޔަސީން ފައިސާ ހޯދާފައިވާއިރު، ބިން ދޭނެ ކަމަށް ބުނެ ބައެއް މީހުން އަތުން ތިން މިލިއަން ރުފިޔާ އޭނާ ހޯދާފައިވާކަން މި ނޫހަށް އެނގިފައިވެ އެވެ.
އޮޅުވާލައިގެން އޭނާ ހޯދި ފައިސާގެ އަދަދު ގާތްގަނޑަށް 25 މިލިއަނަށް ވުރެ ގިނަ ވާނެ ކަމަށް އެ ކަމުގެ ބައެއް މައުލޫމާތު އެނގޭ މަސްދަރަކުން މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.
ފްލެޓު ހޯދައިދޭނެ ކަމަށް ބުނެ މިލިއަނުން ފައިސާ ނެގި ޑެޕިއުޓީ މިނިސްޓަރުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ