ރައީސް ޔާމީނާއި މައުމޫން ބައްދަލުކުރައްވައިފި
ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ބައްދަލުކުރައްވައިފި އެވެ. ރައީސް އޮފީހުން ބުނިގޮތުގައި މިއަދު މެންދުރު ފަހު، އެ އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ، ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ އެކިއެކި މަޝްރޫއުތަކާއި ބެހޭ ގޮތުންނާއި ރާއްޖޭގެ ސިޔާސީ މަސްރަހު "މިހާރު އޮތްގޮތާ ބެހޭ ގޮތުން" ކަމަށެވެ. ބައްދަލުވުމާ ގުޅޭ އިތުރު ތަފުސީލެއް ރައީސް އޮފީހުން ނުދެ އެވެ. ރައީސް ޔާމީނާއި މައުމޫން ވަނީ މިދިޔަ ޖެނުއަރީ 25 ގައި ވެސް ރައީސް އޮފީހުގައި ބައްދަލުކުރައްވައިފަ އެވެ. މައުމޫންގެ އިތުރުން އެ ދުވަހު ކުރީގެ ރައީސް މުހައްމަދު ވަހީދާ ވެސް ރައީސް ޔާމީން ބައްދަލުކުރެއްވި އެވެ. ރައީސް ޔާމީނާއި މައުމޫން މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް ރައީސް ޔާމީނާއި މައުމޫން މިއަދު ބައްދަލުކުރެއްވިއިރު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ބަންދުކުރި މައްސަލާގައި، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށް، އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރާތީ އާއި ރާއްޖެ އަށް ހަތިޔާރު އެތެރެކުރި ކަމުގެ ދައުވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ކުރާތީ ސިޔާސީ މަސްރަހު ވަނީ ހޫނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ